މީގެ ކުރިން މަސްވެރިން މުޒާހަރާ ކުރުމުން އެ އެންމެން ލަނީ ޖަލަށް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސްވެރިން ބިކަ ނުކުރާނެކަމަށް ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީ ޕީޖީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ޝުޖާއު ވިދާޅުވީ މި ސަރުކާރުން މަސްވެރިންގެ އަޑު އަހާނެ ކަމަށެވެ.
މިސަރުކާރުގެ ވަޒީރުން މުޒާހަރާ ކުރަންޏާ އަޑު އަހާނެ. ހައްލުވެސް ކުރާނެ. ނަމަވެސް މީގެ ކުރިން މަސްވެރިކަމާބެހޭ ވަޒީރެއް ހުންނަ ކަމެެއްވެސް ނޭނގޭ! އަދި މަސްވެރިން މުޒާހަރާކުރަީމަ އެއެންމެން ލަނީ ޖަލަށް. ރައީސް މުއިއްޒުގެ ސަރުކާރުން މަސްވެރިން ބިކަ ނުކުރާނެ.
ޝުޖާއު ވިދާޅުވީ ނިމިދިޔަ އެމްޑިޕީ ސަރުކާރުން މަސްވެރިންނަށް ނުދީ ހިފަހައްޓާފައި ހުރި ފައިސާއާ އެކު މަސްވެރިންނަށް މިހާތަނަށް 800 މިލިއަން ރުފިޔާ މި ސަރުކާރުން ދީފައިވާ ކަމަށެވެ. އަދި މިއީ ފައިސާ ޗާޕު ނުކޮށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ހޯދި ކާމިޔާބީއެއްކަން ޝުޖާއު ވަނީ ފާހަގަ ކުރައްވާފަ އެވެ.
މިހާތަނަށް މަސްވެރިންނަށް ނުދެވި ހުރި ފައިސާތައް ލަސްތަކެއް ނުވެ މަސްވެރިންނަށް ދޭނެކަން ޔަގީންކަމަށް ޝުޖާއު ވަނީ ވިދާޅުވެފަ އެވެ. އަދި މިހާރު ކުރަމުންދާ މުޒާހަރާއަކީ މަސްވެރިންނަށް ނުދެވި ހުރި ފައިސާކޮޅު ލަސްތަކެއް ނުވެ ދޭނެކަން އިދިކޮޅު އެމްޑީޕީ އަދި ޕީއެންއެފްއަށް ޔަގީންވާތީ ކުރާ މުޒާހަރާއެއްކަމަށް ޝުޖާއު ވިދާޅުވި އެވެ.
އިދިކޮޅުން ކުރިއަށް ގެންދާ މި އޮޕަރޭޝަން ހިނގާ ގޮތް ވަރަށް ސާފުކޮށް އެނގޭ ކަމަށާއި ރައީސް މުއިއްޒު ޑރ. މުއިއްޒުގެ ސަރުކާރުގެ މަސްވެރިކަމާ ބެހޭ ވަޒީރަށް އަދި މާ ރަނގަޅަށް މި އޮޕަރޭޝަން ދާގޮތް ސާފުވާކަމަށް ޝުޖާއު ވިދާޅުވި އެވެ.
ބޮޑު ކަންނެލި މަސްވެރިން އެންމެ ފަހުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއަށްވެސް މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްވަނީ ވަޑައިގެން މަސްވެރިންގެ ކަންބޮޑުވުންތައް އަޑު އައްސަވާފަ އެވެ. އަދި އެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަންވެސް ވަޒީރު ވަނީ މަސްވެރިންނަށް ދެއްވާފަ އެވެ.
އިބްރާހިމް ޝުޖާއު މިނިސްޓަރު އަހްމަދު ޝިޔާމް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް