ވިލިމާލޭ ޓާމިނަލްގައި ހުރި ދަތިތަކަށް މެންބަރު އިސްމާއީލްގެ ކަންބޮޑުވުން

Advertisement

Advertisement

އެންމެ ފަސް

Advertisement

ވިލިމާލޭ ޓާމިނަލްގައި ހުރި ދަތިތަކަށް ރައްޔިތުންގެ މަޖިލީހުގެ ވިލި މާފަންނު ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މެންބަރު އިސްމާއީލް މިގޮތަށް ކަންބޮޑުވުން ފާޅުކުރެއްވީ ރޭ ދަންވަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި އޭނާ ވަނީ ވިލިމާލޭ ޓާމިނަލްގައި ދުއްވަމުންދިޔަ މީހަކު ޕާކްކުރުމުގައި ދިމާވި ދަތިތައް ދައްކައިދޭ ވީޑިއޯއެއް އާންމުކުރައްވާފަ އެވެ.

މި ޕޯސްޓުގައި މެންބަރު ވަނީ ވިލިމާލެ ދާއިރާއަށް ހިދުމަތް ކުރައްވަން އޭނާ މަޖިލީހަށް ހުވާ ކުރެއްވި ދުވަހުން ފެށިގެން 3 ފަހަރެއްގެ މަތިން ފުލުހުންގެ އިސް ބައެއް ބޭފުޅުންނާއި ފޯނުން މުއާމަލާތް ކުރެއްވިކަން ފާހަގަކުރައްވާފަ އެވެ. އަދި ވިލިމާލޭ ޓާމިނަލްގައި ޕާކިން މައްސަލައަކީ ވަގުތުން ވަގުތަށް ހައްލުކުރަން ޖެހޭ ހައްސާސް މައްސަލައެއްގެ ގޮތުގައި ހުށަަހަޅުއްވާފައިވާ ކަމަށް ވިދާޅުވި އެވެ.

”މިރޭގެ މި ޓްވީޓް ކުރުމާ ހަމައަށް މި މައްސަލަ ހައްލުނުވެދާދިއުން އަނެއްކާވެސް ތަކުރާރުކޮށްލީ. ކުރިންދިމާވި ގޮތަކީ ހާލު ދެރަބަލިމީހެއް ގޮވައިގެންދިޔަ އެމްބިއުލާންސް އެތައް ގަޑިއިރެއްގައި އޮންނަން ޖެހުން“

އެއާއެކު، އޭނާ ވަނީ ގާނޫނު ތަންފީޒުކުރުމުގައި ފުލުހުން ފަސްޖެހޭނަމަ އެސަރަހައްދުގައި ހިތާމަވެރި ހާދިސާއެއް ހިނގުން ގާތް ކަމަށް ވިދާޅުވެފަ އެވެ.

މެންބަރު ޝާއިއުކުރެއްވި ވީޑިއޯއިން ފެންނަނީ ކާރެއް ދުއްވަމުން އައި ޓެކްސީ ޑްރައިވަރުު ޓާމިނަލް ސަރަހައްދުގައި ޕާކްކޮށްފައިހުރި ސައިކަލެއް އޭނާ އަމިއްލައަށް އެއްފަރާތްކުރާ ތަނެވެ. އެކަމުގެ ސަބަބުން ޓެކްސީގެ ހިދުމަތް ހޯދަން މަޑުކޮށްގެންހުރި އުމުރުން ދުވަސްވީ ފަސިންޖަރަށްވެސް ދަތިތަކެއް ދިމާވިކަން ފާހަގަކުރި އެވެ.

 

ވިލިިމާލެ މުހައްމަދު އިސްމާއިލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ