ދީނަށް ފުރައްސާރަކޮށް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގެ މައްސަލައެއް ބަލަން ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ދީނަށް ފުރައްސާރަކޮށް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގެ މައްސަލައެއް ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ އިސްލާމް ދީނަށް ފުރައްސާރަކޮށް އެކްސްގައި އާންމުކޮށްފައިވާ ޕޯސްޓެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

”އިސްލާމްދީނަށް ފުރައްސާރަކޮށް އެކްސްގައި އާންމުކޮށްފައިވާ ޕޯސްޓް ފުލުހުންގެ ސަމާލުކަމަށް ވަނީ އައިސްފަ“

އެ ޕޯސްޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ފުލުހުން ދަނީ ބަލަމުން ނެވެ.

މި ޕޯސްޓްކޮށްފައިވަނީ ”އައިޝަތު ނަޒްހާ“ ނަމަކަށް ކިޔާ ޓްވިޓާ ހޭންޑްލްއަކުން ކަމަށް ބެލެވެ އެވެ. މިއީ ފޭކް އެކައުންޓެއް ކަމަށް ބައެއް މީހުން ބުނަމުން ދެ އެވެ. އެ އެކައުންޓުން ކުރި ޓްވީޓުގައި ވަނީ ތަވާފް ކުރުމަށް ނިސްބަތްކޮށް، އެ އަޅުކަން ކުރާ ގޮތާއި ދޭތެރޭ ފުރައްސާރަކޮށްފަ އެވެ. އެހެނަސް، ޔޯގާ ހަރާމް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. މި އެކައުންޓުން އެގޮތަށް ބުނެފައިވަނީ އިއްޔެ ފާހަގަކުރި ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން އެ ދުވަސް ފާހަގަކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. އެކަމާއި ގުޅިގެން ބައެއް މީހުން ވަނި އެކަން ކުށްވެރިވެސް ކޮށްފަ އެވެ.

ނަޒްހާ ނަމަކަށް ކިޔާ އެ އެކައުންޓުން ދީނަށް ފުރައްސާރަކޮށް އެކި ކަހަލަ ޕޯސްޓްތައް ވަރަށް ގިނައިން ކޮށްފައިވާ ކަމަށް ބައެއް އާންމުން ފާހަގަކުރި އެވެ.

ނިމިދިޔަ ސަރުކާރުގައި ވަނީ ރާއްޖޭގައި ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތެއްގައި ހަމަނުޖެހުން ހިންގާފަ އެވެ. އެ ހަރަކާތުގައި ހަމަނުޖެހުން ހިންގި ބައެއް މީހުން ހައްޔަރުވެސް ކުރި އެވެ.

ޔޯގާއަކީ ހިންދޫ ދީނުން އުފެދިގެން އައި ކަސްރަތުގެ ބާވަތެއް ކަމަށް ބުނެވެ އެވެ. އަދި އެ ކަސްރަތުގައި ހިންދޫ ދީނުގެ ބައެއް ޝިއާރުތައް ބޭނުންކޮށް އުޅޭ ކަމަށްވެސް ބުނެ އުޅެ އެވެ. އެހެންކަމުން، ޔޯގާ ނުހެދުމަށް ބައެއް ދީނީ އިލްމުވެރިން ބާރު އަޅުއްވަ އެވެ.

 

ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ