ސޯމާލިއާ ބައެއް ރާއްޖެއަށް ލައްގައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ސޯމާލިއާއަށް ނިސްބަތްވާ ބަޔަކު މީހުން ރާއްޖެއަށް ލައްގައިފި ކަމަށް ފުލުހުން ރިޕޯޓްކޮށްފި އެވެ.

ފުލުހުން މިއަދު ރިޕޯޓްކުރިގޮތުގައި ސޯމާލިއާއަށް ނިސްބަތްވާ ބަޔަކު ވަނީ ނ. ވަވަތިއަށް ލައްގާފަ އެވެ. މި މީހުން ވަވަތިއަށް މިއަދު ލައްގާފައިވަނީ ކުޑަ އައުޓްބޯޑް އިންޖީނެއް އަޅާފައި އޮތް ޑިންގީއެއްގައި ދަތުރުކުރަމުންދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

”ނ. ވަވަތިއަށް މިއަދު ޑިންގީއެއް ލައްގާފައިވޭ. އޭގައި ސޯމާލިއާއަށް ނިސްބަތްވާ 3 މީހުން ތިބި ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވޭ“

ފުލުހުން ބުނީ ވަވަތިއަށް ޑިންގީއެއް ލެއްގިކަމުގެ ރިޕޯޓް ލިބިގެން އެރަށުގައި މިހާރު އެ މުއައްސަސާގެ ޓީމަކުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި ސޯމާލިއާ މީހުން މިވަގުތު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުންގެ ފަރާތުން އިތުރު ތަފްސީލެއް އަދި ލިބިފައި ނުވެ އެވެ.

ވަވަތިއަކީ ދަނޑުވެރިކަމަށް ހާއްސަ ރަށެކެވެ. ސޯމާލިއާއަކީ ރާއްޖެއާއި 3002 ކިލޯމީޓަރު ދުރުގައި އޮންނަ ގައުމެކެވެ. މީގެ ކުރިންވެސް އެގައުމުގެ މީހުން ކަނޑު ދަތުރުކުރުމުގައި ރާއްޖެއަށް ލައްގާފައި ވެއެވެ. ސޯމާލިއާއަކީ ކަނޑުފޭރޭ މީހުން ގިނަ ތަނެއްގެ ގޮތުގައި މަޝްހޫރު ތަނަކަށްވުމުން އެއީ ކަނޑުދަތުރުކުރަން ނުރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ބެލެވޭ ގައުމެކެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ