އައްޑޫގައި މުޒަހަރާކުރާ މަސްވެރިން މިފްކޯއަށް ކައްކަން ހުރަސް އަޅަނީ!

Advertisement

Advertisement

އެންމެ ފަސް

Advertisement

އައްޑޫ ސިޓީ ހުޅުމީދޫގެ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ބަނދަރުގައި މަސްވެރިންތަކެއް މުޒާހަރާ ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ މި މުޒާހަރާގައި 80 މަސްވެރިން ބައިވެރިވެފައިވާ ކަމަށެވެ. މި މުޒާހަރާ މިއަދު 12 ޖަހަންދެން ކުރިއަށްދާނެ ކަމަށް ފުލުހުން މައުލޫމާތުދީފައި ވެއެވެ.

މ މުޒާހަރާގައި އެކަށީގެންވާ ޖަވާބެއް ނުދެވޭނަމަ ހުރިހާ ސީނިއާ ސްޓާފުން ފެކްޓްރީއިން ބޭރުކޮށްލާނެ ކަމަށް މުޒާހަރާގެ ބައިވެރިން ބުނިކަމަށް ފުލުހުން މައުލޫމާތު ދިނެވެ. އަދި ބަދިގޭގައި ކައްކަން ހުރަސް އަޅާނެ ކަމަށްވެސް މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބަޔަކު ބުނެފައި ވެއެވެ.

ނިމިދިޔަ ސަރުކާރުން ވަނީ މަސްވެރިންގެ މަހަށް ފައިސާ ނުދީ ވަރަށް ބޮޑު ބެކްލޮގެއް އުފައްދާފަ އެވެ. އެ ބެކްލޮގް ކްލިއާ ކުރުމަށް ވަކި ވަރެއް މި ސަރުކާރުން މަސްވެރިންނަށް ދީފައިވީނަމަވެސް ވައުދުތައް ފުއްދެވުމުގައި އެންމެ ބޮޑަށް ދިމާވި ގޮންޖެހުމެއް ކަމަށް ސަރުކާރުން ބުނެފައިވަނީ ވެރިކަމާ ހަވާލުވި އިރު ދައުލަތުގެ މާލީ ހާލަތު ހުރި ގޮތެވެ.

ން ނިމިދިޔަ ސަރުކާރުން މަސްވެރިންނަށް ދޭން ޖެހޭ 250 މިލިއަނެއްހާ ރުފިޔާ ހުރިކަން ސަރުކާރުން ހާމަ ކުރި އެވެ. ސަރުކާރުން ވަނީ އެ ފައިސާ ދެއްކުމަށް ފަހު މަސްވެރިން ކިރާ މަހަށް ފައިސާ ދޭންވެސް ފަށާފަ އެވެ. އަދި މަސްވެރިން ކިރާ މަހަށް 48 ގަޑިއިރު ތެރޭ ފައިސާ ދޭނެކަމަށް ބުނެ ވެފައިވާ ވައުދުވެސް ފުއްދަވާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ