ދިވެހި ހައްޖުވެރިން މާދަމާއިން ފެށިގެން ރާއްޖެ އެނބުރި އަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުން އަޅުކަން ފުރިހަމަކުރުމަށްފަހު މިހާރު ރާއްޖެއަށް އެނބުރި އައުމަށް ފުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ. ހައްޖުވެރިން ރާއްޖެ އެނބުުރި އައުމަށް ހަމަޖެހިފައިވަނީ 4 ދުވަހެއްގައި ދަތުރުކުރާ ފްލައިޓުން ނެވެ.
ހައްޖުވެރިން ރާއްޖެއަށް ފުރުމަށް ހަމަޖެހިފައިވަނީ:
- 24 ޖޫން
- 28 ޖޫން
- 01 ޖުލައި
- 04 ޖުލައި\
1445 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ރާއްޖެއިން 1150 މީހުން ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްފައި ވެއެވެ. އޭގެ ތެރެއިން 1 ހައްޖުވެރިޔަކު ވަނީ ނިޔާވެފަ އެވެ. މިވަގުތު ހޮސްޕިޓަލުގައި 1 ހައްޖުވެރިޔަކު އޮތްއިރު އާންމުގޮތެއްގައި ހައްޖުވެރިންގެ ހާލު ރަނގަޅުކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދީފައި ވެއެވެ.