24 ގަޑިއިރުތެރޭ އެންމެ ބޯކޮށް ވާރޭވެހުނީ ގާފަރާއި ގޮއިދޫއަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

24 ގަޑިއިރުތެރޭ އެންމެ ބޯކޮށް ވާރޭވެހުނީ ކ. ގާފަރާއި ބ. ގޮއިދޫއަށް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ނެރުނު މައުލޫމާތުން ދައްކައިފި އެވެ.

މެޓް އޮފީހުން މިއަދު އާންމުކުރި މައުލޫމާތަށް ބަލާއިރު ގާފަރަށް ވަނީ 67.7 މިލިމީޓަރުގެ ވާރޭ ވެހިފައި ވެއެވެ. އަދި ގޮއިދޫއަށް 61.2 މިލިމީޓަރުގެ ވާރޭ ވެހިފައި ވެއެވެ.

އިއްޔެ ހެނދުނު 08:00 އިން ފެށިގެން މިއަދު ހެނދުނު 08:00 ގެެ ނިޔަލަށް މި ދެ ސަރަހައްދަށް ބޯކޮށް ވާރޭވެހިފައިވާއިރު އެހެން ސަރަހައްދުތަކަށް އެހާ ބޯކޮށް ވާރޭ ވެހިފައިވާ ކަމަށް ރިކޯޑް ކުރެވިފައި ނުވެ އެވެ. އެގޮތުން މި ވަގުތުކޮޅުގައި ތިން ވަނައަށް އެންމެ ބޯކޮށް ވާރޭވެހުނު ބ. ދަރަވަންދޫ އަށް ވަނީ 20.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރިކޯޑް ކުރެވިފަ އެވެ.

ފާއިތުވެދިޔަ 24 ގަޑިއިރު ބޯކޮށް ވާރޭވެހުނު ސަރަހައްދުތައް:

  • ކ. ގާފަރު – 67.7 މިލިމީޓަރު
  • ބ. ގޮއިދޫ – 61.2 މިލިމީޓަރު
  • ބ. ދަރަވަންދޫ – 20.5 މިލިމީޓަރު
  • ނ. މާފަރު – 18.3 މިލިމީޓަރު
  • ލ. މާވަށް 17.2 މިލިމީޓަރު
  • ށ. ކޮމަންޑޫ – 11.8 މިލިމީޓަރު

މިއަދު މެޓް އޮފީހުން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަވާނެ ކަމަށް ލަފާ ކޮށް ހުދު ސަމާލު ނެރެފަ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ