ރާއްޖެ ހިމެނޭ ސަރަހައްދަށް ވޯލްޑް ބޭންކުން އާ ކަންޓްރީ ޑިރެކްޓަރެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއާއި ނޭޕަލްގެ އިތުރުން ސްރީ ލަންކާ ހިމެނޭ ސަރަހައްދަށް ވޯލްޑް ބޭންކުން އާ ކަންޓްރީ ޑިރެކްޓަރެއް ހަމަޖައްސައިފި އެވެ.

ވޯލްޑް ބޭންކުން މިކަން ހާމަ ކުރަމުން ބުނެފައިވަނީ މި ސަރަހައްދަށް ކަނޑައަޅާ ކަންޓްރީ ޑިރެކްޓަރަކީ ޑޭވިޑް ސިސްލެން ކަމަށާއި އޭނާ ރަސްމީކޮށް މަގާމާ ހަވާލުވާނީ ޖުލައި މަހުން ފެށިގެން ކަމަށެވެ.

ސިސްލެންއަކީ އެމެރިކާ އަދި އިޓަލީގެ ރަށްވެހިކަން އޮންނަ މީހެކެވެ. އޭނާ ވޯލްޑް ބޭންކާ ގުޅިފައިވަނީ 2001 ވަނަ އަހަރު އެވެ. ވޯލްޑް ބޭންކްގެ މަސައްކަތުގައި ސިސްލެން ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި މަސައްކަތް ކުރައްވާފަ އެވެ. އެގޮތުން އޭނާ އެންމެ ފަހުން މަސައްކަތް ކުރައްވާފައިވަނީ ލެޓިން އެމެރިކާ އަދި ކެރިބިއަން ސަރަހައްދުގަ އެވެ.

މަގާމު ލިބުމުން ސިސްލެން ވަނީ ވަރަށް އަވަހަށް ސްޓޭކްހޯލަޑަރުންނާއި ބައިވެރިންނާ ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.

އަހަރެންގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ސްޓެރެޓެޖިކް ޑައިލޮގު ކަނޑައެޅުމުގައި ކުރީސަފުގައި ހުރެ ބޭންކުން އިސްކަންދޭ އަވަސްމިނާއި، ބޮޑުމިނާއި، އޭގެން ކުރާނެ އަސަރަށް ބިނާކޮށް އޮޕަރޭޝަންތައް ބައްޓަން ކުރުމާއި، ސަރުކާރުތަކާއި ތަރައްގީގެ ބައިވެރިންނާއި ގިނަ ސްޓޭކްހޯލްޑަރުުންނާއެކީ ގާތުން މަސައްކަތް ކުރުން.

ސިސްލެން ހަވާލުވާ ސަރަހައްދުގެ ވޯލްޑް ބޭންކުގެ ޕޯޓްފޯލިއޯ އަގުކުރެވިފައި ވަނީ 4.8 ބިލިއަން ޑޮލަރުގަ އެވެ.

ވޯލްޑް ބޭންކް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ