ބްރިޖުގެ މަސައްކަތް ކުރަމުންދިޔަ މީހަކު މަރުވި މައްސަލަ ބަލަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަމުން ދިޔަ މީހަކު މަރުވުމާ ގުޅިގެން އެ މައްސަލަ ބަލަމުން ގެންދާކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ސިނަމާލެ ބްރިޖުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކު މަރުވެފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް ފަހުން ފުލުހުން ވަނީ ސިނަމާލެ ބްރިޖޭ ބުނެވުނީ އޮޅުމަކުން ކަމަށާއި މަރުވެފައިވަނީ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަމުން ދިޔަ މީހެއްކަމަށް ބުނެފަ އެވެ.

ފުލުހުން ބުނީ ތިލަމާލޭ ބްރިޖްގެ މަސައްކަތް ކުރަމުންދިޔަ އިންޑިއާ ރައްޔިތަކު އަނބުރައިގަނެގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މި ހާދިސާގެ ތަހުގީގު މިހާރު ކުރިއަށް ދާ ކަމަށެވެ. މި މައްސަލަ ތަހުގީގު ކުރަނީ މަޝްރޫގެ ކޮންޓްރެކްޓަރާއި ކަމާ ބެހޭ ފަރާތްތަކުން ގުޅިގެންކަމަށްވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން މިނިސްޓްރީން ވަނީ މަރުވި މީހާގެ އާއިލާއަށް ތައުޒިޔާ ކިޔާފަ އެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ދިވެހި ފުލުހުންގެ ޚިދުމަތް ތިލަމާލެ ބްރިޖް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ