ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ޖޫން 5 ގައި ފަށާނެ: ޠާރިޤު

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ޖޫން 5 ގައި ފަށާނެ ކަމަށް ތިމާވެށީގެ ވުޒާރާގެ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ މިރޭ ޕީއެސްއެމްއިން ގެނެސްދިން ޕްރޮގްރާމަކަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޠާރިޤު ވިދާޅުވީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިއަށްގެންދާނެ ކަމަށެވެ. އަތޮޅު ތެރޭގެ ރަށްރަށުގެ އިތުރުން ރިޒޯޓްތަކުގައިވެސް މި ޕްރޮގްރާމް ކުރިއަށްގެންދާނެ ކަމަށް ޠާރިޤު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވައުދުވެ ވަޑައިގެންފައިވަނީ މި ފަސް މިލިއަން ގަސް އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި އިންދުމަށެވެ. ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ފަށަނީ ޖޫން 5 ގައި ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ނެވެ. މި ޕްރޮގްރާމް ފައްޓަވައިދެއްވާނީ ރައީސް މުއިއްޒުކަމަށް މިނިސްޓަރު ޠާރިޤު ވަނީ ވިދާޅުވެފަ އެވެ.

މި މޭރުމުން ވާހަކަދައްކަވަމުން މިނިސްޓަރު ޠާރިޤު ވިދާޅުވީ އެންވަޔަރަންމަންޓް މިނިސްޓްރީން 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއުއަށް ސްކޫލުތަކުގެ ދަރިވަރުން އަހުލުވެރިކުރުމުގެ މަސައްކަތްތައްވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މަޝްރޫއުއާއި ގުޅޭގޮތުން އިތުރަށް މައުލޫމާތުދެއްވަމުން މިނިސްޓަރު ވިދާޅުވީ ފުރަތަމަ ގަސް އިންދުމަށް ހަމަޖެހިފައިވަނީ 4 ކެޓަގަރީއެއްގެ ދަށުން ކަމަށެވެ. ގަސް އިންދުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދެއްވާނީ ނެތިގެންދާ ގަސްތައް އާލާ ކުރުވުމަށް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެއަށްފަހު މޭވާ އަޅާ ގަސްތަކާއި ހިޔާ ލިބޭ ގަސްތަކާއި ބޭސްވެރިކަމަށް ބޭނުންހިފޭނެ ފަދަ ގަސްތައް އިންދުމަށް ކަނޑައަޅާފައިވާ ކަމަށް މިނިސްޓަރަރު މައުލޫމާތު ދެއްވި އެވެ.

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ