އެންމެ ހައްސާސް ކަންކަމަށް ވަސީލަތްތައް ބޭނުންކުރަންޖެހޭ: މިނިސްޓަރު ޠާރިޤު

Advertisement

Advertisement

އެންމެ ފަސް

Advertisement

އެންމެ ހައްސާސް ކަންކަމަށް ދުނިޔޜޭގެ ވަސީލަތްތައް ބޭނުންކުރަންޖެހޭ ކަމަށް ތިމާވެށްޓާއި ބެހޭ ވުޒާރާގެ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ އެން.އޭ.ޕީ ގްލޯބަލް ނެޓްވޯކްގެ އެހީގެ ދަށުން، ޕިއާ ލާނިންގް ކޮހޯޓް އޮން ނެޝަނަލް އެޑެޕްޓޭޝަން ޕްލޭނިންގް ގެ ނަމުގައި ކޯލިޝަން އޮފް ލޯ-ލައިންގް އެޓޯލް ނޭޝަންސް އޮން ކްލައިމެޓް ޗޭންޖް (ސީ.އޭ.އެން.ސީ.ސީ) ގެ މެންބަރުން ހިމެނޭހެން މިއަދު އިފްތިތާހުކުރި 3 ދުވަހުގެ ވޯކްޝޮޕްގަ އެވެ.

ސީ.އޭ.އެން.ސީ.ސީގެ ޗެއަރ އެއްގެ ގޮތުގައި މިިނިސްޓަރު ރާއްޖެ ތަމްސީލުކުރައްވަމުން ގެންދަވާ މި ވޯކްޝޮޕް ހިންގުމަށް ހަމަޖެހިފައިވަނީ 1 ން 3 މެއި އަށެވެ. ރާއްޖޭގެ އިތުރުން ސީ.އޭ.އެން.ސީ.ސީ ގެ މެންބަރު ގައުމުތައް ކަމުގައިވާ ކިރިބާސް، މާޝަލް އައިލެންޑްސް، ޓޮކަލައު އަދި ޓުވަލޫ އިން މި ހަރަކާތުގައި ބައިވެރިވެވުމަށް ހަމެޖެހިފައި ވެއެވެ.

ސީ.އޭ.އެން.ސީ.ސީ އަކީ ލޯ-ލަޔިންގް އެޓޯލް ނޭޝަންސް ގެ 5 ގައުމު އެކުވެ، މޫސުމީ ބަދަލުތަކާއި ގުޅިގެން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް މަދުކުރުމަށް ކުރެވިދާނެ ކަންކަން މަޝްވަރާކޮށް، އެ ގައުމެއްގެ ތަޖުރިބާގެ އަލީގައި ދެމެހެއްޓެނިވި އުސޫލުތަކެއްގެ ހިޔާލު ބަދަލުކުރުމަށް އުފެދިފައިވާ ކޯލިޝަނެކެވެ.

ޕިއަރ ލާނިންގް ކޮހޯޓް އޮން ނެޝަނަލް އެޑެޕްޓޭޝަން ޕްލޭނިންގް އިފްތިތާހު ކުރުމަށް މިއަދު ބޭއްވިގެން ދިޔަ ހަފްލާގައި މިނިސްޓަރ އޮފް ކްލައިމޭޓް ޗޭންޖް، އެންވާރަމަންޓް، އެންޑް އެނާޖީ، އަދި ސީ.އޭ.އެން.ސީ.ސީ ގެ ޗެއަރ، ޠާރިޤު އިބްރާހިމް ވިދާޅުވެފައިވަނީ ދުނިޔެ ހޫނުވަމުން ދިއުމުގެ ސަބަބުން ޖަޒީރާ އަތޮޅުތައް ހުންނަ ގައުމުތަކުގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް މަދުކުރުމަށް ގައުމުތަކުން އެއްވެ ހިންގޭ މިފަދަ ވޯކްޝޮޕްތަކަކީ މޫސުމީ ބަދަލުތަކަށް ތައްޔާރުވެ ތިބުމަށް ކުރެވިގެންދާ ވަރަށް މުހިންމު ކަމެކެވެ.

”1.5 ޑިގްރީއަށް ވުރެ ބޮޑަށް ދުނިޔެ ހޫނުވެެއްޖެނަމަ އަޅުގަނޑުމެންގެ ކުދި ޖަޒީރާ ގައުމުތަކަށް ބިރުބޮޑު ވެގެންދާނެ، އަޅުގަނޑުމެންގެ ތިމާވެށްޓާއި އިގްތިސާދާއި މީހުންގެ ހެޔޮ ދުޅަހެޔޮކަމަށް އަވަސް އަދި ފައިދާހުރި  ފިޔަވަޅުތައް އެޅުން ވަރަށް މުހިންމު. ރަނގަޅަށް ވަށައިގެންވާ ގައުމީ އެޑެޕްޓޭޝަން ޕްލޭނިން ޕްރޮސެސްއަކުން މޫސުމަށް އަންނަ ނުރައްކާތައް ދެނެގަނެ، އެފިޔަވަޅުތަކަށް އިސްކަންދީ، އެންމެ ހައްސާސް ކަންކަމަށް އަޅުގަނޑުމެންގެ ވަސީލަތްތައް ބޭނުންކުރަންޖެހޭ“

މި ވޯކްޝޮޕް ވެގެންދާނީ ރާއްޖެ ކަހަލަ އަތޮޅު ހިމެނޭ ސީ.އޭ.އެން.ސީ.ސީ ގެ 5 ގައުމުގެ މެދުގައި، މޫސުމީ ބަދަލުތަކުން ދިމާވާ ގޮންޖެހުންތަކާއި ލިބޭ ފުރުސަތުތަކާމެދު ވާހަކަދެކެވި، އެން.އޭ.ޕީގެ ދަށުން ރޭވިފައިވާ ކަންކަން ހިއްސާ ކުރެވި، އަތޮޅުތަކަށް ދިމާވާ މޫސުމީ އެކި މައްސަލަތައް ހައްލު ކުރުމުގެ ކެޕޭސިޓީ އިތުރު ކުރެވިގެންދާނެ ފޯރަމަކަށެވެ.

ސީ.އޭ.އެން.ސީ.ސީ ގައުމުތަކުގެ ޖުމްލަ 35 މެންބަރުން ބައިވެރިވާ މި ތިން ދުވަހުގެ ހަރަކާތުގާ ރާއްޖޭގައި މޫސުމީ ބަދަލުތަކާ ކުރިމަތި ލުމަށް އަޅަމުންދާ ފިޔަވަޅުތަކާއި ކުރެވިފައިވާ ތަޖުރިބާތައްވެސް ހިއްސާ ކުރެވިގެންދާނެ އެވެ.

 

 

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ