ކެފޭ އެއް ބަލައި ފާސްކޮށް ތިން ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެދަށަށް

Advertisement

އެންމެ ފަސް

Advertisement

މާލޭގެ ކެފޭ އެއް ބަލައި ފާސްކޮށް ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ މާފަންނުގައި ބިދޭސީއަކު އިސްވެ، ގަވައިދާ ހިލާފަށް ހިންގާ ކެފޭއެއް ބަލައިފާސްކޮށްފައިވާ އެވެ.

މި ކެފޭއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ސައްހަ ވިސާއެއް ނެތް 3 ބިދޭސީންނެވެ. އަދި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދެ ފިރިހެނުންނާއި އަންހެނެއް ކަމަށް ވެސް އިމިގްރޭޝަނުން މައުލޫމާތުދީފައިވެ އެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްޔަލު ކުރުމަށް އިމިގްރޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަތުލައިގަނެ ފޮނުވާލާފަ އެވެ.

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ވެސް މި މައްސަލަ ހައްލުކުރުމަށް އޮޕަރޭޝަން ކުރަނގި ގެ ނަމުގައި ބިދޭސީންގެ ބައޯ މެޓްރިކްސް ނެގުމުގެ މަސައްކަތެއް އަންނަނީ ކުރަމުންނެވެ.

އިމިގްރޭޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ