ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރުކަމަށް ހަ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސީއެސްސީގެ ތިން މެންބަރެއްގެ ދައުރުގެ މުއްދަތު ސެޕްޓެމްބަރު 3 ވަަނަ ދުވަހު ހަމަވާނެ އެވެ. ސީއެސްސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަަޑައިގެންނެވި ބޭފުޅުންގެ މައުލޫމާތު ވަނީ މަޖިލީހަށް ފޮނުވާފަ އެވެ.
ރައީސް މަޖިލީހަށް ފޮނުއްވި ނަންތަކުގެ ލިސްތުގެ އެންމެ ކުރީގައި އޮތީ ސީއެސްސީގެ ރައީސް މުހައްމަދު ނާސިހްގެ ނަމެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި މި ނަންތައް އިއްވާފައިވެ އެވެ. އޭގެތެރޭގައި ހިމެނެނީ:
- މުހައްމަދު ނާސިހް
- ޑރ. ހުސައިން ފާއިޒް
- ޑރ. ދީބާ މުސާ
- ބަދުރިއްޔާ މުސާ
- ޑރ. ފާތިމަތު މުނާ
- އާމިނަތު އުއްމުކުލްޘޫމް
މި މައްސަލަ ދިރާސާ ކުރުމަށްވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.
ސީއެސްސީގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް، ނައިބުރައީސް މުހައްމަދު މުޖްތާޒް، ކޮމިޝަން މެންބަރު މުހައްމަދު ފަރުސަތު، ކޮމިޝަން މެންބަރު ފާތިމަތު ޝަރީފް އަދި ކޮމިޝަން މެންބަރު ފާތިމަތު ހަބީބާ އެވެ.



