ތައުލީމީ އަދި ސިއްހީ ދާއިރާގެ އިތުރުގަޑީގެ ފައިސާ ދިނުމުގެ އުސޫލު މުރާޖައާކުރުމަށް ގޮވާލާ ގަރާރެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ތައުލިމީ ދާއިރާގެ މަސައްކަތްތެރިންނާއި ސިއްހީ މަސައްކަތްތެރިންގެ އިތުރު ގަޑީގެ މަސައްކަތަށް އުޖޫރަ ދިނުމާގުޅޭ އުސޫލުތައް މުރާޖައާކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ޤަަރާރެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މި ޤަރާރު ހުށަހަޅުއްވާފައިވަނީ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް އެވެ.

މި ޤަރާރުގައި ބުނެފައިވަނީ، ތައުލީމީ ދާއިރާ އަދި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތުގެ ތަބީއަތުގެ ސަބަބުން، މި ދެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަކީ ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރަންޖެހިފައިވާ ބައެއްކަމަށެވެ.

އެގޮތުން ސިއްހީ ދާއިރާގައި އާންމުންނަށް ހިދުމަތްދިނުމަށް އެކަށީގެންވާ އަދަދެއްގެ ސިއްހީ މަސައްކަތްތެރިން ނެތުމާއެކު، ސިއްހީ މަސައްކަތްތެރިންގެ ގިނަ ފަރާތްތަކެއް، ރަސްމީ ގަޑިގެ އިތުރަށް ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރަންޖެހިފައިވާ ކަމަށާއި އަދި ތައުލީމީ ދާއިރާގެ ޓީޗަރުންނާއި ސްކޫލުތައް ހިންގުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަކީ، ސްކޫލު ގަޑިތަކުގެ ބޭރުންވެސް ގިނަ ވަގުތުތަކެއް މަސައްކަތަށް ހޭދަކުރަންޖެހިފައިވާ ފަރާތްތަކެއް ކަމަށް ޤަރާރުގައި ބުނެފައިވެ އެވެ. މި ދެ ދާއިރާގެ މަސައްކަތްކުރާ މީހުންގެ ނިސްބަތް އިތުރުކުރުމަކީ، މިކަމުގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތައް ހައްލުކުރުމަށް އެޅިގެންދާނެ އެކަށީގެންވާ ފިޔަވަޅެއް ކަމަށް ޤަރާރުގައި ބުނެފައިވެ އެވެ.

މީގެއިތުރުން ދައުލަތުގެ އައު ޕޭ ފްރޭމްވޯކްގެ ދަށުން އިތުރުގަޑީގެ ފައިސާ ދިނުމަށް ކަނޑައަޅާފައިވާާ ސީލިންއަށް ވުރެ އިތުރަށް އެއްވެސް ފަރާތެއްލައްވާ މަސައްކަތްކުރުވަންޖެހޭ ހާލަތުގައި، އިތުރު ގަޑީގެ ފައިސާ ލިބިދެވޭނެ އިސްތިސްނާ އުސޫލެއް އެކަށައެޅިފައި އޮތުން ކޮންމެހެން މުހިންމު ކަމުގައި ޤަރާރުގައި ބުނެފައިވެ އެވެ.

މި ޤަރާރުގައި ބުނެފައިވަނީ، ވަޒިފާއާ ބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން އިތުރު ގަޑީގެ ފައިސާ ލިބިނުދެވޭ ގޮތަށް ދައުލަތުގެ އައު ޕޭ ފްރޭމްވޯކްގެ އޯޓީއާ ގުޅޭ މިންގަނޑު ހެދުމަކީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފު ކަމެއް ކަމަށެވެ.

އެހެންކަމުން، ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރަމުންދާ ފަރާތްތަކުން އިތުރު ގަޑީގައި މަސައްކަތްކުރަން ލާޒިމުވާ ހާލަތްތަކުގައި، އެ ފަރާތްތަކުން އިތުރު ގަޑީގައި ކުރާ މަސައްކަތުގެ އަގު ލިބިގެންދާނެ ގޮތަކަށް ދައުލަތުގެ އުސޫލުތައް މުރާޖައާކުރަންޖެހޭ ކަމަށްވެސް ޤަރާރުގައި ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ