ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް، މިއަދު އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ފުރާވަޑައިގެންފި އެވެ.
މި ދަތުރުފުޅަކީ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންނެވުމަށްފަހު ކުރައްވާ ދަތުރުފުޅެކެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ދަތުރުފުޅުގައި ޑރ. ޚަލީލް ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން މިނިސްޓަރު ޝައިޚް ޢަބްދުﷲ ބިން ޒައިދު އަލް ނަހްޔާންއާ އެކު މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރައްވާނެ އެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ދެ ގައުމުގެ އެއްބާރުލުމުގެ ފުޅާ ދާއިރާ މުރާޖަޢާކޮށް، މުސްތަޤުބަލަށް މަގުތައް ހޯދުމަށް މަޝްވަރާކުރެވޭނެ އެވެ.
މީގެ އިތުރުން، ޑރ. ޚަލީލް ޔޫއޭއީ ސަރުކާރުގެ އެހެން އިއްޒަތްތެރިންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް ބަޔާނުގައި ހާމަކޮށްފައިވެ އެވެ. މި ބައްދަލުވުންތަކުގައި ދެ ޤައުމުގެ ދެމެދު ވެފައިވާ އެއްބަސްވުންތަކަށް އާލާކުރުމާއި ދެފަރާތުގެ މަސްލަހަތު ކުރިއެރުވުމަށް ސަމާލުކަން ދެވޭނެ ކަމަށާއި، އެއްބާރުލުން ދީގެން ކުރިއަށް ގެންދާ މަސައްކަތްތައް ހޯދުމަށް މަސައްކަތް ކުރެވޭނެ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ފޮރިން މިނިސްޓްރީން މި ދަތުރުފުޅާ ގުޅޭ ގޮތުން ބުނެފައިވަނީ، މިއީ މޯލްޑިވްސް އާއި ޔޫއޭއީއާ ދެމެދު ދެމިއޮތް ދެގައުމުގެ ގުޅުން ދައްކުވައިދޭ ދަތުރުފުޅެއް ކަމަށާއި، ތަރައްގީއާއި އިނޮވޭޝަން އަދި ތަނަވަސްކަމުގެ ހިއްސާ ކުރެވިފައިވާ އުންމީދުތަކުގެ މައްޗަށް އަލިއަޅުވާލާ ދަތުރުފުޅެއް ކަމަށެވެ.
ޑރ. ޚަލީލް ޔޫއޭއީއަށް ފުރާވަޑައިގަތުމުގެ ކުރިން އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަެކްސްޓާނަލް އެފެއާޒް މިނިސްޓަރުއާ ބައްދަލުކުރައްވާފައިވެ އެވެ. އަދި އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ ބައެއް ޕްރޮޖެކްޓުތަކުގެ އެއްބަސްވުންތަކުގައި ދެ ޤައުމުގެ ދެމެދުގައި ސޮއިކޮށްފައިވެ އެވެ.
ރާއްޖެ - ޔޫއޭއީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް