ސުނާމީއަށް 20 އަހަރު، މާދަމާ މުޅި ރާއްޖޭގައި ބޮޑު ސުކޫތެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

މީގެ 20 އަހަރު ކުރިން ޑިސެމްބަރު 26، 2024 ގައި ހިނގި ސިނާމީ ކާރިސާގެ ހަނދާނުގައި މާދަމާ މުޅި ރާއްޖޭގައި ބޮޑު ސުކޫތެއް ބޭއްވުމަށް ސަރުކާރުން ނިންމައިފި އެވެ.

ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީން ސަރުކާރުގެ އެހެނިހެން ވުޒާރާތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނެފައިވާ ގޮތުން، މި ސުކޫތު ގެނެވޭނީ މާދަމާ ހެނދުނު 9:23 ގައެވެ.

މި ސުކޫތަކީ ސުނާމީ ކާރިސާގައި ނިޔާވި އަދި ގެއްލުނު މީހުންގެ ހަނދާނުގައި ބާއްވާ ސުކޫތެކެވެ. ސަރުކާރުގެ ހުރިހާ ވުޒާރާތަކުން ވެސް ވަނީ އެތަންތަނުގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުންނާއި ސިޔާސީ މުވައްޒަފުންނަށް މި ސުކޫތުގައި ބައިވެރިވުމަށް އިލްތިމާސްކޮށްފަ އެވެ.

ޑިސެމްބަރު 26 ވަނަ ދުވަހަކީ ދިވެހިރާއްޖޭގައި ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައިވެސް ފާހަގަކުރާ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ 2004 ވަނަ އަހަރު އެރި ސުނާމީގައި ދިވެހިން ދެއްކި އެއްބައިވަންތަކަމާއި އަޚުވަންތަކަމުގެ ހަނދާނުގަ އެވެ.

20 އަހަރު ކުރިން އެރި ސުނާމީއަކީ ރާއްޖެ ދުށް އެންމެ ބިރުވެރި އަދި ނާމާން ކާރިސާ އެވެ. އެ ހާދިސާގައި 191 ރަށަކަށް އަސަރު ކުރި އިރު 28 ރަށަކުން މީހުން މަރުވި އެވެ.

މި ސުކޫތަކީ ސުނާމީ ކާރިސާގެ ހިތާމަވެރި ހަނދާން އާކޮށް، އޭގެ އަސަރުތައް ދަސްވެ، ކުރިމަގުގައި މިފަދަ ކާރިސާތަކަށް ތައްޔާރުވުމުގެ މުހިންމުކަން ހަނދާންކޮށްދޭ ވަގުތުކޮޅެއް ކަމުގައި ވެގެން ދާނެ އެވެ.

ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ