ބިންވެރިޔާ ސްކީމްގެ ގޯތި މައްސަލައިގައި މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ސަސްޕެންޑްކޮށްފި އެވެ.
އެމްޑަބްލިޔުއެސްސީން ބުނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ގުޅޭ ގޮތުން ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުން ފަޒީލް ރަޝީދު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
”މިކުންފުނީގެ ޑީއެމްޑީ މުޙައްމަދު ފަޒީލް ރަޝީދު [ވަނީ] މިއަދުން ފެށިގެން ހުރިހާ ޒިންމާ ތަކަކުން ވަކިކޮށް އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑް ކުރެވިފަ،“ އެމްޑަބްލިޔުއެސްސީ އިން ބުނެފައިވެ އެވެ.
މި މައްސަލައިގައި އެޗްޑީސީ ބޯޑުގެ ޗެއާމަން ފިޔަވާ ބާކީ ތިބި 10 މެންބަރުން ވަނީ ސަސްޕެންޑްކޮށްފަ އެވެ. ސަސްޕެންޑް ކުރި މެންބަރުންގެ ތެރޭގައި ފަޒީލް ރަޝީދުގެ ކޮއްކޮ އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުވެސް ހިމެނެ އެވެ.
ސަސްޕެންޑްކުރި އެޗްޑީސީގެ ބޯޑު މެމްބަރުން:
- މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާ
- އަޒްހަރު އަބްދު ސައީދު
- އިބްރާހިމް ޔޫސުފްފުޅު
- މުހައްމަދު ވިޝާމް
- އުލާ މުހައްމަދު ރަޝީދު
- އާރިފް އަބްދުލް ސަމަދު
- މުހައްމަދު ނާޖިލު
- މުހައްމަދު ވަހީދު
- ފާތިމަތު މިޒްނާ އަލީ
- ޔޫސުފް ވަހީދު
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ މި 10 މެންބަރުން އެޗްޑީސީގެ ބޯޑުން ސަސްޕެންޑް ކުރީ ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ޖާގަދީ ފުރިހަމައަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އެމްޑަބްލިއުއެސްސީ ދިވެހި ފުލުހުންގެ ޚިދުމަތް