އަބްދުއްރަހީމް ފައްޔާޒަށް: މިއީ ކަނޑައެޅިގެން ޓެރަރިޒަމަށް ހިތްވަރު ދިނުން

Advertisement

Advertisement

އެންމެ ފަސް

Advertisement

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ގުޅިގެން ދެއްކެވި ވާހަކަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގަ އެވެ.

މިއީ އެމްޑީޕީގެ އާންމު މެންބަރަކު ކުރީގެ ރައީސް މުހައްމަދު އަމީންއަށް ވީގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވެދާނެ ކަމަށް ބުނި ބުނުމަކީ ނަސޭހަތެއްގެ ގޮތުގައި ބުނި އެއްޗެއް ކަމަށް ވިދާޅުވެ ފައްޔާޒް އިސްމާއިލް އެ މެންބަރުގެ ވާހަކަތައް ދިފާއުކުރެއްވުމާ ގުޅިގެން މަޖިލިސް ރައީސް އަބްދުއްރަހީމް ކުރެއްވި ޕޯސްޓެކެވެ.

ފައްޔާޒް ވަނީ ”ރައްޔިތުންނަށް ދެރަ ދިނީމާ ހަމަ މުހައްމަދު އަމީންއަށް ހެދިގޮތް ހަދަން ޖެހޭނީ، އެހެން ކޮން ގޮތެއްތޯ ހަދާނީ. އެއީ ދިވެހިރާއްޖޭގެ ތާރީހު ދައްކާފައި އޮތް ހަގީގަތް،“ ކަމަށް ވިދާޅުވެފަ އެވެ.

އަބްދުއްރަހީމް ވިދާޅުވެފައިވަނީ ”މިއީ ކަނޑައެޅިގެން ޓެރަރިޒަމަށް ހިތްވަރުދިނުން. މިއީ ކަމާގުޅޭ މުއައްސަސާތަކުން ވަރަށް ސީރިއަސްކަމާއެކު ވަގުތުން ބަލަންޖެހޭކަމެއް“ ކަމަށެވެ. އަދި ”އަމުދުން އިދިކޮޅު ސިޔާސީ ޕާޓީގެ އެންމެ އިސް މަގާމުގައި ހުންނެވި ބޭފުޅަކު މިފަދަ ވާހަކައެއް ދެއްކުމަކީ އާދައިގެކަމެއްކަމަށް ބަލައިގެންނުވާނެ“ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ.

އަބްދުއްރަހީމްގެ އިތުރުން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްވެސް ވަނީ ފައްޔާޒްގެ ވާހަކަތައް ކުށްވެރި ކުރައްވާ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ.

އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ