ކުރިއަށް އޮތް ދެ އަހަރަކީ ވައުދު ފުއްދާނެ ދެ އަހަރު: ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުރިއަށް އޮތް ދެ އަހަރަކީ ވައުދުތައް ފުއްދަވާނެ ދެ އަހަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ އއ. އަދި ކ. އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކ. ހުރާއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މިއަހަރު މިދިޔައީ ނިމިދިޔަ މަޖިލީހުން މި ސަރުކާރަށް ޖެއްސުމަށް ބަޖެޓު ފާސް ކުރުމުން މާ ބޮޑު ކަމެއް ނުކުރެވި ކަމަށެވެ. އަދި ސަރުކާރާ ހަވާލުވި އިރު އިގްތިސޯދީ ގޮތުން އަނދަވަޅުގަނޑެއްގައި އޮތްކަންވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

ކުރިއަށް އޮތް ދެ އަހަރުގެ ޕްލޭނަކީ ރައްޔިތުން އެދޭ ގޮތަށް އެމަނިކުފާނުގެ ވައުދުފުޅުތައް ފުއްދެވުންކަމަށް ރައީސް ވިދާޅުވި އެވެ.

އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު ގިނަ މަޝްރޫތައް ފެށޭނެ. މި އަންނަ އަހަރު ނުފެށޭ މަޝްރޫތައް ދެން އަންނަ އަހަރު ފެށި އިރާދަކުރެއްވިއްޔާ މި ދެ އަހަރު ވެގެން ދާނީ އަޅުގަނޑު އިންތިހާބުގަ ވެފަ ހުރި ވައުދުތައް އަމަލީ ގޮތުން ފުދިގެން ދާ ދެ އަހަރަށް.

އިގްތިސޯދު ހަމައަކަށް އެޅުވުމަށްޓަކައި މިއަހަރުގެ ތެރޭގައި ވަރަށް ގިނަ ކަންކަން ކުރެވިފައިވާނެ ކަމަށާއި މި މަސައްކަތް ކޮށްފައިވަނީ ފައިސާ ޗާޕުނުކޮށްކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދައުލަތުގެ ބަޖެޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ