އިންޑިއާގެ ސަލާމަތަށް ދުވަހަކުވެސް ގެއްލުން ނުދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިގޮތަށް ވިދާޅުވީ އިންޑިއާގެ ރައީސް ދްރޯޕަދީ މުރްމުރޫގެ ދައުވަތަކަށް މިއަދު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ނެެވެ.
ފާއިތުވި މަސްތަކުގައި އިންޑިއާ އަދި ރާއްޖެއާ ދެމެދު ގުޅުން ހަރުދަނާވެ، ރައީސް މުޙައްމަދު މުޢިއްޒުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު އިންޑިއާއަށް އާދީއްތަ ދުވަހު ފެށުނު ދަނޑިވަޅު، ޓައިމްސް އޮފް އިންޑިއާ (ޓީއޯއައި) އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ވިދާޅުވެފައިވަނީ އިންޑިއާގެ ސަލާމަތަށް އުނިކަމެއް ލިބޭފަދަ އެއްވެސް ކަމެއް ރާއްޖެއިން ދުވަހަކުވެސް ނުކުރާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އިންޑިއާގެ ސެކިއުރިޓީއަށް ގެއްލުންވާނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ. އެހެން ނަމަވެސް، ރާއްޖޭގެ ސިޔާދަތަށް އެންމެ ފުރަތަމަ އިސްކަން ދެއްވާނެ ކަމަށެވެ. ރާއްޖެއިން އިންޑިއާ އެކޭ އެއްގޮތަށް އެހެން ގައުމުތަކާއިވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރައްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. އެކަމުން މި ސަރަހައްދުގެ އަމަންއަމާން ކަމަށް ބުރޫއެރުނަ ނުދޭނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
އިންޑިއާއަކީ ރާއްޖޭގެ ޒަމާންވީ ރަހުމަތްތެރިއެެއްކަން ރައީސް ތަކުރާރުކޮށް ވިދާޅުވެފައި ވެއެވެ. އެހެންކަމުން އިންޑިއާ އާއި ގުޅިގެން ވަރުގަދަ އިސްތިރާޖީ ގުޅުން ގާއިމްކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.
“ރާއްޖެއިން އެހެން ގައުމުތަކާއި ބާއްވާ ގުޅުމުގެ ސަބަބުން އިންޑިއާގެ ސަލާމަތީ މަސްލަހަތަށް ގެއްލުން ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް”
މީގެ އިތުރަށްވެސް، ކުރީގެ ވެރިކަމުގައި ރާއްޖެ އައި އިންޑިއާ ސިފައިން ރާއްޖެއިން ބޭރު ކުރަން ޖެހުނީ ރައްޔިތުންގެ އެދުމުގެ މަތިން ކަމުގައި ރައީސް އޮޅުންފިލުވާދެއްވި އެވެ.
މި ދަތުރުފުޅުގައި މާދަމާ ރައީސ،ް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ