މަހުޖަނުންނަށްވުރެ ގައުމު ބޮޑުކަން ރައީސްގެ ނިންމެވުމުން ހާމަވެގެންދޭ: މުބީން

Advertisement

Advertisement

އެންމެ ފަސް

Advertisement

މަހުޖަނުންނަށްވުރެ ގައުމު ބޮޑުކަން ރައީސްގެ ނިންމެވުމުން ހާމަވެގެންދާ ކަމުގައި ރީޖަނަލް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) ގެ އެމްޑީ އަހްމަދު މުބީން ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުބީން މިގޮތަށް ވިދާޅުވީ ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއް 500 ޑޮލަރު އެމްއެމްއޭއަށް މާރުކުރަން މަޖުބޫރުކުރިކަން ސަރުކާރުން ހާމަކުރުމާއި ގުޅިގެން ނެވެ. ރާއްޖެއަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ފަރާތުން ވަކި މިންވަރެއްގެ ޑޮލަރު މާރުކުރުން ލާޒިމްވާގޮތަށް ބޭރު ފައިސާއާ ބެހޭ ގަވާއިދު އެކުލަވާލައި ތަންފީޒުކުރަން ރޭ ފަށާފައި ވެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގެޒެޓުކުރި އައު ގަވާއިދެއްގެ ދަށުން، ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ އަދި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގޮތުގައި މީރާގައި ރަޖިސްޓްރީ ކުރާ ކޮންމެ ވިޔަފާރިއެއް ވެސް 30 ދުވަހުގެ ތެރޭގައި އެމްއެމްއޭގައި ރަޖިސްޓްރީ ކުރަން ހުށަހަޅަންޖެހޭނެ އެވެ. އަދި މި ފަރާތްތަކުން ކޮންމެ މަހެއްގެ ތެރޭގައި ވިއްކާ ނުވަތަ ފޯރުކޮށްދޭ ޚިދުމަތާއި މުދަލުގެ ތަފްސީލު ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން އެމްއެމްއޭއާ ހިއްސާކުރަންޖެހޭނެ އެވެ.

މިކަމާއި ގުޅޭގޮތުން މުބީން މިއަދު ކުރެއްވި ޓްވީޓްގައި ވަނީ މީފަދަ ނިންމުމެއް ނިންމުވިކަމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުއިޒުއަށް ޝުކުރު ދަންނަވާފަ އެވެ. މިނިންމުމުން ހާމަވެގެންދަނީ މުއްސަނދި މަހުޖަނުންގެ މަސްލަހަތަށްވުރެ ގައުމުގެ މަސްލަހަތަު ބޮޑުކަން މުބީން ފާހަގަކުރެއްވި އެވެ.

”(މި ނިންމެވުމުން ހާމަވަނީ) ރައްޔިތުން ހައްގުގެ މުހިންމުކަން. މިނިންމުމާއި އެކު ރާއްޖެއަށް ގިނަގުނަ ފައިދާ ތަކެއް ކުރާނެކަން ޔަގީން“

އެމްއެމްއޭ އިން ބުނެފައިވަނީ މި އައު ގަވާއިދުތަކުގެ ސަބަބުން ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަ ބޭރު ފައިސާގެ ނިސްބަތް އިތުރުވެ، ވިޔަފާރިތަކަށާއި އާންމުންގެ ބޭނުންތަކަށް ފޯރުކޮށްދެވޭ ބޭރު ފައިސާގެ ނިސްބަތް އިތުރުވާނެ ކަމަށެވެ. އަދި މީގެ ސަބަބުން ރައްޔިތުންނަށް ފައިދާތަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް އެމްއެމްއޭ އިން ބުނެފައިވެ އެވެ.

ސަރުކާރުން މިފަދަ ނިންމުމެއް ނިންމާފައިވަނީ ރާއްޖޭގައި ޑޮލަރުގެ ދަތިކަން ބޮޑުވެ، ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގައި ޑޮލަރުގެ ރިޒާވް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އިއުލާންކޮށްފައިވަނިކޮށެވެ.

 

ރީޖަނަލް އެއާޕޯޓްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބީން އެމްއެމްއޭ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ