އޮރެންޖު އަގު ތިރިކުރަން އެސްޓީއޯ އިން އޮރެންޖު ވިއްކަނީ

Advertisement

އެންމެ ފަސް

Advertisement

އޮރެންޖު އަގު މަތިވެފައިވާތީ، އަގު ތިރިކުރުމުގެ މަޤްޞަދުގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އޮރެންޖު ބާޒާރަށް ނެރެފިއެވެ.

އެސްޓީއޯއިން މިއަދު ހާމަކުރި ގޮތުގައި، އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން އޮރެންޖު ގަންނަން ލިބެން ހުންނާނެއެވެ. މިގޮތުން އޮރެންޖު ކިލޯއެއް ވިއްކާނީ 35 ރުފިޔާއަށެވެ. އަދި ވަކިވަކި އޮރެންޖު ގަންނަން ބޭނުންވާ ފަރާތްތަކަށް އޮރެންޖެއް 6 ރުފިޔާއަށް ލިބޭނެއެވެ.

އެސްޓީއޯއިން އިތުރަށް ފާހަގަކުރި ގޮތުގައި، މިވަގުތު އޮރެންޖު ކޭހުން ވިއްކަމަކުން ނުދާނެއެވެ. މިއީ ވީހާވެސް ގިނަ ފަރާތްތަކަކަށް އޮރެންޖު ގަތުމުގެ ފުރުސަތު ހޯދައިދިނުމަށް ނިންމާފައިވާ ނިންމުމެއްކަމަށް އެސްޓީއޯ އިން ބުންޏެވެ.

ފާއިތުވި ދުވަސްތަކުގައި ބާޒާރުން އޮރެންޖެއް ލިބެމުން އައީ 5 ރުފިޔާއަށެވެ. ނަމަވެސް އިންފްލޭޝަން މައްޗަށް ދިއުމާއި ގުޅިގެން އޮރެންޖުގެ އަގު މައްޗަށް ގޮސް، މިހާރު ބާޒާރުން އޮރެންޖެއް ލިބެނީ 10 ރުފިޔާއަށް ވުރެ މަތީ އަގުގައެވެ.

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ