އުރީދޫ މޯލްޑިވްސްގެ އަހަރީ ދުވަހާ ގުޅިގެން ކަސްޓަމަރުންނަށް ހިލޭ ކޮފީ ލިބޭ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަންގެ ދަށުން ލައިރް ކެފޭއިން ހިލޭ ކޮފީއެއް ލިބޭނެއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް، އުރީދޫގެ އޭއައި ޗެޓްބޮޓް ސަފަރުކަތްދައާ ވާހަކަ ދައްކަން ޖެހޭނެއެވެ. އަދި ސަފަރު ކައިދާއާ ވާހަކަ ދެއްކުމުން ހިލޭ ކޮފީ ލިބޭނެ ގޮތުގެ މަޢުލޫމާތު ލިބޭނެއެވެ.
އުރީދޫން މި ޕްރޮމޯޝަން ތަޢާރަފުކޮށްފައިވަނީ ކުންފުނީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. އަދި މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި ލިންކް މެދުވެރިކޮށް ސަފަރުކަތްދައާ ވާހަކަ ދެއްކޭނެއެވެ.
އުރީދޫން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންނަށް އައު އަދި ޚާއްސަ ތަޖުރިބާތައް ފޯރުކޮށްދިނުމަށެވެ. އަދި މިފަދަ ޕްރޮމޯޝަންތަކަކީ ކަސްޓަމަރުންނަށް އިތުރު މަންފާތަކެއް ލިބިގެންދާނެ ކަމެއް ކަމުގައި އުރީދޫން ފާހަގަކުރެއެވެ.
އުރީދޫއާ ސަފަރުކަތްދަ
ސަފަރުކަތްދައަކީ މި އޮގަސްޓް މަހު އުރީދޫ މޯލްޑިވްސްގެ ކަލަންޑަރު އަދި އޭ.އައި ޗެޓްބޮޓުއެވެ.
އުރީދޫ މޯލްޑިވްސްގެ 2025 ވަނަ އަހަރުގެ ކަލަންޑަރު ބިނާކޮށްފައި ވަނީ ދިވެހި ފޯކްލޯ ވާހަކަ ތަކުގެ އެކި ޝަހްސިއްޔަތުތަކަށެވެ. އަދި އޭ-އައި މެދުވެރިކޮށް މި ޝަހުސިއަޔްތުތަކާ ވާހަކަ ދެކެވޭ ގޮތް މިވަނީ ފަހިކޮށްދީފަ އެވެ.
ޒަމާނުއްސުރެ އަޑުއަހަމުން އައި ފުލޯކު ވާހަކަތައް ކަމަށްވާ ”ފޫޅުދިގުހަންޑި“އާއި ”ސަފަރުކަތްދަ“ ފަދަ 12 ކެރެކްޓަރ މި ކަލަންޑަރުގައި ހިމެނެ އެވެ.
މިވާހަކަތަކަކީ ދިވެހިންގެ ސަގާފަތުގެ، ދިވެހިންގެ ތަރިކައިގެ މުހިންމު ބަޔެކެވެ. މިއީ ހަމައެކަނި މޭޒުމަތި ފަޅުފިލުވާލަދޭނެ ކަލަންޑަރެއް ނޫނެވެ- މިއީ އިންޓަރެކްޓިވް އެކްސްޕީރިއަންސެކެވެ. އެޑްވާންސް އޭއައި ޗެޓްބޮޓް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް މިހާރު މި އައިކޮނިކް ކެރެކްޓާތަކާ ސީދާ ވާހަކަދައްކާލެވޭނެ އެވެ.
ކޮންމެ ކެރެކްޓާއަކުން ވެސް ވާހަކަތައް ހިއްސާކޮށް، ސުވާލުތަކަށް ޖަވާބު ދީ، އެ މީހުންގެ ދުނިޔެއާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ، މީގެ ކުރިން ހީވެސް ނުކުރާ ފަދަ ގޮތަކަށް ފޯކްލޯރ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ކޮންމެ މަހަކު ވެސް ކަސްޓަމަރުން ޗެޓް ކުރުމަށް އާ ކެރެކްޓާއެއް އަންލޮކް ވެގެންދާނެ އެވެ.
މިއީ ދިވެހި ތަރިކަ ހިމާޔަތްކޮށް، މާނަހުރި ގުޅުމެއް އުފައްދައި، ޓެކްނޮލޮޖީ ބޭނުންކޮށްގެން ޖީލުތަކުގެ މެދުގައި ގުޅުންދަމަހައްޓާ ޑިޖިޓަލް މޯލްޑިވްސް އެއް ބިނާކުރުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ބޮޅެކެވެ.



