ގެއްލުން ވެގެން ކުންފުނި ބޭންކުރަޕްޓްވާނެ ކަމަކަށް ގަބޫލެއް ނުކުރަން: ސައުދީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުންފުނި ގެއްލުންވެގެން ގޮސް ބޭންކްރަޕްސީއަކާ ހަމައަށް ދާނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ސައުދީ ވިދާޅުވި ގޮތުގައި މިހާރުވެސް ރިސީވަބަލްގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ހުރި ކަމަށާއި، އެމްޓީސީސީއަކީ ރައްޔިތުންގެ ކުންފުންޏެއް ކަމަށް ވެފައި، ނުދެއްކޭ ވަރުގެ ފައިދާއެއް ރައްޔިތުންގެ އަތުން ނަގަން ޖެހޭނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

”ކުންފުނި ގެއްލުންވެގެން ގޮސް، ބޭންކްރަޕްސީއަކާ ހިސާބަށް ދާނެކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން، ސައުދީ ވިދާޅުވި އެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އިތުރަށް ވިދާޅުވި ގޮތުގައި މިހާރު ހަވާލުކޮށްފައިވާ 365 މަޝްރޫއު ނިމުމުން، ބަނދަރުގެ މަސައްކަތް ކުރަންޖެހޭ އިތުރު ރަށެއް ނޯންނާނެ ކަމަށާއި، އޭގެ ސަބަބުން ރައްޔިތުންގެ ޓެކްސް ފައިސާއިން އިތުރު ދާއިރާތަކަށް ޚަރަދުކުރެވޭނެ ކަމަށެވެ. އަދި މިއީ އެމްޓީސީސީގެ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ކުރިއެރުމަށް ގެނެސްދޭ ލުޔެއްކަން ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

އެމްޓީސީސީގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2،157 މިލިއަން ރުފިޔާ ލިބިފައިވާއިރު، ނެޓް ޕްރޮފިޓްގެ ގޮތުގައި 45 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 33 އިންސައްތަ ދަށް އަދަދެކެވެ.

މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ