އުރީދޫ މޯލްޑިވްސްއިން މިއަހަރުގެ ރޯދަމަހަށް ޚާއްޞަކޮށްގެން ކަސްޓަމަރުންނަށް އަމާޒުކޮށް އަގުހުރި ހަދިޔާތަކަކާއި އެކު ’ކަރާ ފެޅުން‘ ޕްރޮމޯޝަން ތަޢާރަފުކޮށްފި އެވެ.
މި ޕްރޮމޯޝަންގެ މައިގަނޑު އިނާމުގެ ގޮތުގައި އެޕަލްގެ 10 އުފެއްދުން ހިމެނޭ ބަންޑަލްއެއް ހިމެނެ އެވެ.
ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރިއަށްދާ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އުރީދޫގެ އެކްޓިވް ކަސްޓަމަރުން ’ސުޕަ އެޕް‘ މެދުވެރިކޮށް ފެންނަ ކަރާގައި ޓެޕްކޮށް، އެ ކަރާ ފަޅާލުމުން ކޮންމެ ދުވަހަކުވެސް އެކި ބާވަތުގެ ހަދިޔާތައް ލިބޭނެ އެވެ. މީގެ ތެރޭގައި ހިލޭ ޑޭޓާ އެޑް-އޮންސް، އެއާފްރަޔާ، ވެކިއުމް ކްލީނާ، ނިންޓެންޑޯ ސުވިޗް އަދި އެޕަލް ވޮޗް ފަދަ އަގުހުރި ތަކެތި ހިމެނެ އެވެ.
މި ޕްރޮމޯޝަންގެ މައި އިނާމުގެ ގޮތުގައި ހިމެނޭ އެޕަލް ބަންޑަލްގައި އެޕަލް އައިފޯން 16 ޕްރޯ، މެކްބުކް އެއާ، އެއާޕޮޑްސް 4، އެޕަލް ވޮޗް، އެޕަލް ޓީވީ، އެޕަލް ހޯމްޕޮޑް، އެޕަލް އައިޕެޑް، އެޕަލް ޕެންސިލް، އެއާޕޮޑްސް މެކްސް އަދި 65 އިންޗީގެ ޓީވީ ހިމެނެ އެވެ.
އުރީދޫއިން މަޢުލޫމާތު ދެއްވިގޮތުގައި، ކޮންމެ ރޯދަ މަހެކޭ އެއްފަދައިން މިއަހަރުވެސް ކަސްޓަމަރުންނަށް ޚާއްޞަ ޕްރޮމޯޝަންތަކެއް ގެނެސްދިނުމަށް ވަނީ ނިންމާފަ އެވެ. މި ޕްރޮމޯޝަންގެ ސަބަބުން ކަސްޓަމަރުންނަށް އަގުހުރި ހަދިޔާތަކެއް ލިބުމުގެ ފުރުސަތު ހުޅުވިގެންދާނެ އެވެ.