ޒަމާނީ ޓެކްނޮލޮޖީއާއިއެކު ފުލޯކު ވާހަކަތަކަށް އައު ދިރުމަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

އުރީދޫ މޯލްޑިވްސްއިން އެކުންފުނީގެ 2025 ވަނަ އަހަރުގެ ކަލަންޑަރު ތަޢާރަފުކޮށްފި އެވެ.

ރާއްޖޭގެ މަޝްހޫރު ފުލޯކު ވާހަކަތަކުގެ ކެރެކްޓަރުތައް ހިމެނޭގޮތައް އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ޚާއްޞަ ކަލަންޑަރެކެވެ. މި ކަލަންޑަރު ރަސްމީކޮށް ތަޢާރަފުކޮށްދެއްވީ އުރީދޫގެ މައި އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.

މި އައު ކަލަންޑަރުގައި ހިމަނައިފައިވަނީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ މަޝްހޫރުވެފައިވާ ފުލޯކު ވާހަކަތަކުގެ މުހިންމު ކެރެކްޓަރުތަކެވެ. ކޮންމެ މަހަކަށް ވަކި ކެރެކްޓަރެއް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ މި ކަލަންޑަރު ތައްޔާރުކުރުމުގައި ޒަމާނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ވަނީ ބޭނުންކޮށްފަ އެވެ.

ކަލަންޑަރު ތަޢާރަފުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ މުވާސަލާތީ އަދި ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާ ރާއްޖޭގައި ކުރިއަރުވައި، އާންމުން އެކަމަށް އަހުލުވެރިކުރުވުމުގައި އުރީދޫއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ.

އުރީދޫއިން ވިދާޅުވީ މިއީ ރާއްޖޭގެ ފުރަތަމަ އެން.އެފް.ސީ އިންޓަގްރޭޓަޑް ކަލަންޑަރު ކަމަށެވެ. އެގޮތުން މި ކަލަންޑަރުގައި ދިވެހިން ޒަމާނުއްސުރެ އަޑުއަހަމުން އައި ފުލޯކު ވާހަކަތައް ކަމަށްވާ ”ފޫޅުދިގު ހަންޑި“އާއި ”ސަފަރު ކަތްދަ“ ފަދަ 12 ކެރެކްޓަރ ހިމެނޭނެ އެވެ.

އުރީދޫ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ