މަންޓާގެ ދަތުރުތައް މަޑިވަރަށް ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި އެންމެ ފަހުން އެތެރޭގެ އުދުހުންތައް ފެށި އަމިއްލަ އެއާލައިން މަންޓާ އިން ޅ. މަޑިވަރަށް ދަތުރުތައް ފަށައިފި އެވެ.

އެ އެއާލައިންގެ ޑެޕިއުޓީ ސީއީއޯ އަހުމަދު މައުމޫން ވިދާޅުވީ، މިދިޔަ ޑިސެމްބަރު 22 ވަނަ ދުވަހު މަޑިވަރަށް ދަތުރުތައް ފެށުމާއެކު، ކޮންމެ ދުވަހަކު ތިން ފްލައިޓު އަޅަން ތާވަލް ކޮށްފައިވާ ކަމަށެވެ.

މަޑިވަރުގެ އިތުރުން ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފެށުމަށް ވެސް މަންޓާ އެއާއިން ތައްޔާރުވަމުން އަންނަ ކަމަށް މައުމޫން ހާމަކުރެއްވި އެވެ. މިކަމަށް ހުރިހާ ތައްޔާރީތަކެއް ވެފައިވާއިރު، މިދިޔަ އަހަރު މަންޓާ އިން ވަނީ މާފަރު އެއާޕޯޓަށް ދަތުރުތައް ކުރަން އެ އެއާޕޯޓު ހިންގާ އައިލެންޑް އޭވިއޭޝަންގެ ހުއްދައަށް އެދިފައެވެ. މި ހުއްދަ ލިބުމާއެކު މާފަރަށް ދަތުރުތައް ފަށާނެ ކަމަށް މައުމޫން ވިދާޅުވިއެވެ.

މަންޓާ އެއާއިން ވައިގެ ދަތުރުތައް ފަށާފައިވަނީ 2019 ވަނަ އަހަރުގައެވެ. އެންމެ ފުރަތަމަ ދަތުރުތައް ފެށީ ދ. ކުޑަހުވަދުއަށެވެ. މިދިޔަ ހަތަރު އަހަރުގެ ތެރޭގައި މަންޓާ އެއާއިން ވަނީ ސީޕްލޭން އަދި ޑޮމެސްޓިކް ދަތުރުތައް ވެސް ވަރަށް ބޮޑަށް ފުޅާކޮށްފައެވެ.

މިހާރު މަންޓާ އެއާއިން ދަތުރުތައް ކުރަމުންދަނީ ހަތަރު މަންޒިލަކަށެވެ. އެއީ މަޑިވަރާއި، ކުޑަހުވަދޫ އާއި، ބ. ދަރަވަންދޫ އަދި އިފުރެވެ. މަޑިވަރަށް ދަތުރުތައް ފެށުމާއެކު، މަންޓާ އެއާގެ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.

ޅ. މަޑިވަރު މަންޓާ އެއާލައިން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ