އަތޮޅުތެރޭގެ އިންފްލޭޝަން ރޭޓު 4.3 އިންސައްތަ މައްޗަށް އަރައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ނޮވެމްބަރު މަހު އަތޮޅުތެރޭގެ އިންފްލޭޝަން ރޭޓު 0.8 ޕަސެންޓުން 4.3 ޕަސެންޓަށް މައްޗަށް އަރާފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހަކީ މިހާތަނަށް އެންމެ ބޮޑަށް އިންފްލޭޝަން އިތުރުވި މަހެވެ. އޮކްޓޫބަރު މަހު އިންފްލޭޝަން ރޭޓު 0.8 ޕަސެންޓުގައި ހުރިއިރު، ނޮވެމްބަރު މަހު އެ އަދަދު ވަނީ 4.3 ޕަސެންޓަށް އަރާފައެވެ. މިއީ 3.5 ޕަސެންޓުގެ ބޮޑު އިތުރުވުމެކެވެ.

އަތޮޅުތެރޭގައި އެންމެ ބޮޑަށް އަގުތައް އުފުލިފައިވަނީ ގޭގެ ކުއްޔާއި ރެސްޓޯރެންޓުތަކުގެ އަގުތަކެވެ. މި ދާއިރާގެ އިންފްލޭޝަން ރޭޓު ހުރީ 27.5 ޕަސެންޓުގައެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު 27 ޕަސެންޓުގެ ބޮޑު އިތުރުވުމެކެވެ. އޮކްޓޫބަރު މަހު މި ދާއިރާގެ އިންފްލޭޝަން ރޭޓު ހުރީ އެންމެ 0.1 ޕަސެންޓުގައެވެ.

މީގެ އިތުރުން، އަތޮޅުތެރޭގައި ދޭ ޞިއްޙީ ޚިދުމަތްތަކާއި، ދަތުރުފަތުރާއި، މަހުގެ ބާވަތްތަކުގެ އިތުރުން ތަޢުލީމީ ޚިދުމަތްތަކާއި ކަރަންޓާއި ފެނުގެ ޚިދުމަތްތަކުގެ އަގުތައް ވެސް ވަނީ މައްޗަށް ގޮސްފައެވެ. ނަމަވެސް، މުވާޞަލާތީ ޚިދުމަތްތަކާއި ގޭތެރެއަށް ބޭނުންވާ ސާމާނުތަކުގެ އިންފްލޭޝަން ވަނީ ދަށްވެފައެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާގޮތުގައި، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން އެ އަހަރުގެ އިންފްލޭޝަން އެންމެ މަތިން ރެކޯޑުކޮށްފައިވަނީ ޖަނަވަރީ މަހުގައެވެ. އެ މަހު އިންފްލޭޝަން ރޭޓު ހުރީ 1.3 ޕަސެންޓުގައެވެ.

އެމްއެމްއޭ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ