ގެސްޓްހައުސްތަކުން ދެއްކި ޓީޖީއެސްޓީ 3.2 ޕަސެންޓް އިތުރުވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ރާއްޖޭގެ ގެސްޓްހައުސްތަކުން ދެއްކި ޓޫރިޒަމް ޖީއެސްޓީ (ޓީޖީއެސްޓީ) ގެ އަދަދު، ކުރީ އަހަރާ އަޅާބަލާއިރު 3.2 ޕަސެންޓް އިތުރުވެއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ގެސްޓްހައުސްތަކުން ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް ދައްކާފައިވަނީ 2.1 މިލިއަން ޑޮލަރު ނުވަތަ 33 މިލިއަން ރުފިޔާ އެވެ. މިއީ 2023 ވަނަ އަހަރުގެ އެއް މުއްދަތާ އަޅާބަލާއިރު 3.2 ޕަސެންޓުގެ އިތުރުވުމެކެވެ. 2023 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި މި އަދަދު ހުރީ ދެ މިލިއަން ޑޮލަރު ނުވަތަ 32 މިލިއަން ރުފިޔާގަ އެވެ.

ޓީޖީއެސްޓީގެ އިތުރުން، ގެސްޓްހައުސްތަކުން މިދިޔަ އަހަރު ސޭލްސް އަދި އައުޓްޕުޓް ޓެކްސްގެ ގޮތުގައި 18.5 މިލިއަން ޑޮލަރު (286 މިލިއަން ރުފިޔާ) ދައްކާފައިވާކަން މީރާގެ ހިސާބުތަކުން ދައްކަ އެވެ.

ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރިން އެންމެ ގިނަ އާމްދަނީ ލިބޭ ރަށަކީ މާފުށި ކަމަށް މީރާއިން ހާމަކޮށްފައިވެ އެވެ. މިދިޔަ އަހަރު މާފުށިން އެކަނި ޓީޖީއެސްޓީ އަދި ޖީއެސްޓީގެ ގޮތުގައި 93 މިލިއަން ރުފިޔާ ދައުލަތަށް ދައްކާފައިވެ އެވެ. މީގެ އިތުރުން، ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި އެންމެ ކުރިއަރާފައިވާ ފަސް ރަށުން ދެއްކި ޖުމްލަ އަދަދު 19.5 މިލިއަން ރުފިޔާއަށް އަރާކަމަށް މީރާއިން ބުނެފައިވެ އެވެ.

މީރާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ