މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން އިންތިޒާމުކުރާ މި އަހަރުގެ އެންމެ ބޮޑު ގްލޯބަލް ކެމްޕޭން ”ވޯލްޑްސް ބިގެސްޓް ގިވްއަވޭ“ މިއަދު ފަށައިފި އެވެ.
މި ހަރަކާތް އިއުލާނުކޮށްފައި ވަނީ، ވޯލްޑް ޓްރެވަލް މާޓް (ޑަބްލިޔުޓީއެމް) ލަންޑަންގައި މިދިޔަ އަހަރުގެ ނޮވެމްބަރު ފަސް ވަނަ ދުވަހު އެވެ.
އެމްއެމްޕީއާރުސީ އިން ބުނީ، މި މުބާރާތްތަކުގެ ނަސީބުވެރި ފަރާތްތަކަށް ކޮންމެ ހަފުތާއަކުވެސް ހިތްގައިމު ޗުއްޓީއެއްގެ ފުރުސަތު ލިބޭނެ ކަމަށެވެ.
އެމްއެމްޕީއާރްސީ އިން ބުނީ ކޮންމެ މުބާރާތެއްގައިވެސް ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި ސާފު މޫދާއި، ގުދުރަތީ ރީތިކަމުން ފެށިގެން ރާއްޖޭގެ މުއްސަނދި ސަގާފަތާއި ތަފާތު ކަނޑުގެ ދިރުންތައް ފަދަ އެކިއެކި ކަންކަމަށް އަލިއަޅުވާލާނެ ކަމަށެވެ.
މި ކެމްޕޭންގެ މަގުސަދަކީ ސޯޝަލް މީޑިއާގެ ޒަރީއްޔާއިން ރާއްޖެއަށް ގިނަ ފަތުރުވެރިން އައުމަށް ޝައުުގުވެރި ކުރުވުން ކަމަށްވެސް އެމްއެމްޕީއާރްސީ އިން ބުނެފައިވެ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ފަތުރުވެރިކަން