އިންޑިއަން ރުޕީސްގެ އަގު ރިކޯޑު މިންވަރަކަށް ވެއްޓިއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

އިންޑިއާގެ ރުފިޔާ (ރިޕީސް) ގެ އަގު ރެކޯޑު ދަށް އަގަކަށް ވެއްޓި، ސަރުކާރުގެ ބޮންޑުތަކުގެ ޔީލްޑް ދަށްވެއްޖެ އެވެ.

މި ބަދަލު އައިސްފައިވަނީ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) ގެ އައު ގަވަރުނަރެއްގެ ގޮތުގައި ސަންޖޭ މަލްހޯތްރާ ޢައްޔަންކުރުމާ ގުޅިގެންނެވެ. މިހާރު ފައިނޭންސް މިނިސްޓްރީގެ ރެވެނިއު ސެކްރެޓަރީގެ މަޤާމުގައި ހުންނެވި ސަންޖޭ މަލްހޯތްރާ، މިއަދުން ފެށިގެން 3 އަހަރުގެ ދައުރަކަށް އާރްބީއައި ގަވަރުނަރުގެ މަޤާމަށް ވަނީ ޢައްޔަންކުރެވިފަ އެވެ. ސަންޖޭ، އެ މަޤާމަށް އައްޔަންކުރެވުނީ މިހާރުގެ ގަވަރުނަރު ޝަކްތިކާންތަ ދާސްގެ 6 އަހަރުގެ ދައުރު އަންގާރަ ދުވަހު ނިމުމަކަށް އައުމާ ގުޅިގެންނެވެ.

އިންޑިއާގެ ރުފިޔާގެ އަގު އެމެރިކާ ޑޮލަރަކަށް 84.85 ރުފިޔާއަށް ދަށްވެ، މިދިޔަ ހަފްތާގައި ޖެހުނު 84.7575 ރުފިޔާގެ އެންމެ ދަށް އަގު ވެސް ވަނީ ފަހަނައަޅައި ގޮސްފަ އެވެ. އަދި 10 އަހަރުގެ ބޮންޑް ޔީލްޑް 2 ބޭސިސް ޕޮއިންޓް ދަށްވެ 6.6954 އިންސައްތައަށް ވަނީ ވެއްޓިފަ އެވެ.

އިޤްތިޞާދީ މާހިރުންގެ ލަފާގައި، ދާސް ވަކިވުމުން އިންޑިއާގެ މަނިޓަރީ ޕޮލިސީ ކޮމިޓީއަށް ބަދަލެއް އަތުވެދާނެ އެވެ. އެއީ ދާސް އާއި އާރްބީއައިގެ ޑެޕިއުޓީ ގަވަރުނަރު މައިކަލް ޕާޓްރާ އަކީ 6 މެމްބަރުންގެ ރޭޓް ކަނޑައެޅުމުގެ ޕެނަލްގެ އެންމެ ހަރުކަށި މެމްބަރުންގެ ގޮތުގައި ބެލެވޭތީ އެވެ.

އާރްބީއެލް ބޭންކުގެ ޓްރެޜަރީ ވެރިޔާ އަންޝުލް ޗަންދަކް ވިދާޅުވި ގޮތުގައި، މަލްހޯތްރާ ޢައްޔަންކުރުމާއެކު، އިޤްތިޞާދީ ކުރިއެރުމަށް އިސްކަންދޭނެކަމުގެ އުއްމީދު އުފެދި، ބޮންޑް ޔީލްޑްތައް މިކަމަށް ރިއެކްޓްވަމުންދާ ކަމަށް ފާހަގަކުރެއްވި އެވެ. އަދި ފެބްރުއަރީގައި އާރްބީއައި އިން އިންޓަރެސްޓް ރޭޓް ދަށްކުރާނެކަން މިހާރު ވަނީ އިތުރަށް ޔަޤީންވެފައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި ބަދަލުތައް އައިސްފައިވަނީ އިންޑިއާގެ އިޤްތިޞާދުގެ ދުވެލި މަޑުޖެހި، އަގުތައް މަތިވެފައިވާ ދަނޑިވަޅެއް ގައެވެ. މިކަމުގެ ސަބަބުން މަނިޓަރީ ޕޮލިސީއާ މެދު ނިންމުން ނިންމުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ބެލެވެ އެވެ.

އިންޑިއާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ