އިޤްތިސާދީ ފިޔަވަޅުތައް ފާހަގަކޮށް، މޫޑީސްއިން ރާއްޖޭގެ ރޭޓިން އިތުރަށް ދަށްނުކޮށް ދަމަހައްޓައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ދުނިޔޭގެ ކްރިޑިޓް ރޭޓިން އެޖެންސީ، މޫޑީސްއިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ ކުރިން ސެޕްޓެމްބަރުގައި ދަށްކޮށްފައިވާ ސީއޭއޭ2 ގައި ދަމަހައްޓައިފި އެވެ.

މޫޑީސްއިން ފާހަގަކޮށްފައިވާ ގޮތުގައި، އިންޑިއާއާއެކު ބޮޑު އަދަދެއްގެ ފައިސާ ބަދަލުކުރުމުގެ އެއްބަސްވުމެއް ޤާއިމުކުރުމުން ދެފަރާތުގެ ފައިނޭންސިންގ އަށް އަދިވެސް އެކްސެސް ލިބޭކަން ދައްކުވައިދެ އެވެ. އަދި އައު ބޭރު ފައިސާގެ ޤަވާއިދުތަކާއި ޓެކްސް އިސްލާހުތައް ތަޢާރަފުކުރުމުން ބޭރު ފައިސާގެ ރިޒާވް އިތުރުވުމުގެ ފުރުސަތު ރަނގަޅުވެފައިވާ ކަމަށާއި، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގައި އިތުރު ރިޒާވް ހުރުމުން ބޭރުގެ ދަރަނި އަދާކުރުމަށް އެހީތެރިވެދޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ނަމަވެސް، މޫޑީސްއިން އިތުރަށް ފާހަގަކޮށްފައިވަނީ މި ނެގެޓިވް އައުޓްލުކުން ދައްކުވައިދެނީ ”އަދިވެސް ބޮޑުވެފައިވާ ބޭރު ފައިސާގެ ލިކުއިޑިޓީގެ ރިސްކުތަކެވެ.“ ކުރިއަށް އޮތް 12-18 މަސްދުވަހުގެ ތެރޭގައި ބޮޑެތި ބޭރުގެ ދަރަނީގެ އިލްތިޒާމުތަކާ އަޅާބަލާއިރު ބޭރު ފައިސާގެ ރިޒާވް ވަނީ ”ވަރަށް ދަށް“ މިންވަރެއްގައި ކަމަށް އެ އޭޖެންސީން ބުނެފައިވެ އެވެ.

މީގެ އިތުރުން، ބޮޑެތި ޓްވިން ޑެފިސިޓްތަކާއި އިތުރު ޑޮމެސްޓިކް ލިކުއިޑިޓީން މަދު ރިޒާވްތަކަށް ޕްރެޝަރު ކުރިމަތިކުރުވަމުންދާނެ ކަމަށް މޫޑީސްއިން ފާހަގަކޮށްފައިވެ އެވެ. އަދި ބޮޑެތި އިސްލާހުތަކެއް ތަޢާރަފުކުރި ނަމަވެސް، މި ފިޔަވަޅުތައް ތަންފީޒުކުރުމާއި މިފަދަ ޕްރެޝަރުތައް ކުޑަކުރުމުގައި އޭގެ ނަތީޖާ އަދިވެސް ޔަޤީންކަމެއް ނެތް ކަމަށް ބުނެފައިވެ އެވެ.

މޫޑީސްއިން އަދި ފާހަގަކޮށްފައިވަނީ ދިވެހިރާއްޖެއަށް ބޭރުގެ ފައިނޭންސިންގ ހޯދުމުގައި ކޮންމެވެސް ވަރަކަށް ކާމިޔާބު ލިބިފައިވާ ކަމަށެވެ. މީގެ ތެރޭގައި އިންޑިއާއާއެކު 400 މިލިއަން އެމެރިކާ ޑޮލަރާއި 30 ބިލިއަން އިންޑިއަން ރުފިޔާގެ ފައިސާ ބަދަލުކުރުމުގެ އެއްބަސްވުން ހިމެނެ އެވެ.

ނަމަވެސް، ފުރިހަމަ ފައިނޭންސިންގ ޕެކޭޖެއް ނެތުމުން ދަށަށް ދިއުމުގެ ރިސްކުތައް ދެމިގެންދާ ކަމަށް މޫޑީސްއިން ފާހަގަކޮށްފައިވެ އެވެ. އަދި ކުރިއަށް އޮތް 1-2 އަހަރުގައި ޓްވިން ޑެފިސިޓްތައް ބޮޑުވެފައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، މިކަމުން ބޮޑެތި ބޭރު ފައިސާގެ ލިކުއިޑިޓީގެ ބޭނުންތައް އުފެދުމަށް މަގުފަހިވެ، ބޮޑެތި އަދަދުތަކުން ފައިސާ ނުލިބޭނަމަ، މިހާރުވެސް މަދު ބޭރު ފައިސާގެ ވަސީލަތްތައް ހުސްވެގެންދާނެ ކަމަށް އެ އޭޖެންސީން ބުނެފައިވެ އެވެ.

އެންމެ ފަހުން ފާސްކުރި ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން މޫޑީސްއިން ފާހަގަކޮށްފައިވަނީ 2025 އަށް ކަނޑައަޅާފައިވާ މެދު މުއްދަތުގެ ޚަރަދުތައް އަދިވެސް މަތީގައި ހުރި ކަމަށެވެ. އަދި މިކަމުން 2025-26 ގައި ފިސްކަލް ޑެފިސިޓް ދިވެހިރާއްޖޭގެ ޖީޑީޕީގެ ގާތްގަނޑަކަށް 7-8 އިންސައްތައަށް ކުޑަކޮށް ދަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އެއީ 2024 ގައި ލަފާކުރެވޭ 12-13 އިންސައްތައިން ދަށްވާ މިންވަރެއް ކަމަށް ބަޔާންކޮށްފައިވެ އެވެ.

މީގެއިތުރުން، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫޢުތަކުގެ ކެޕިޓަލް ޚަރަދު އިތުރުވަމުންދާ ކަމަށާއި، މިކަމުން ކެޕިޓަލް އިމްޕޯޓްތައް މަތީގައި ހުންނާނެ ކަމަށް މޫޑީސްއިން ފާހަގަކޮށްފައިވެ އެވެ. އޭގެ ސަބަބުން ކަރަންޓް އެކައުންޓް ޑެފިސިޓް ބޮޑުވެ، ކުރިއަށް އޮތް ދެ އަހަރުގައި ޖީޑީޕީގެ 13-15 އިންސައްތައިގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އޭޖެންސީން ބުނެފައިވެ އެވެ.

މޫޑީސްއިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ ސީއޭއޭ2 އަށް ދަށްކޮށްފައިވަނީ ދަރަނި އަދާކުރުމުގެ މުހިންމު އައުޓްލުކާ ގުޅިގެންނެވެ. އެގޮތުން ސަރުކާރުން 2025 ގައި 600 މިލިއަން އެމެރިކާ ޑޮލަރު އަދި 2026 ގައި 1 ބިލިއަން އެމެރިކާ ޑޮލަރު އަނބުރާ ދައްކަން ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ފާހަގަކޮށްފައިވެ އެވެ.

މޫޑީސްގެ އިތުރުން، އެހެން ދުނިޔޭގެ ކްރެޑިޓް ރޭޓިންގ އޭޖެންސީއެއް ކަމަށްވާ ފިޗް ރޭޓިންގްސްއިން ވެސް ވަނީ އޯގަސްޓް 29 ގައި ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ ’ސީސީ‘ އަށް ދަށްކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.

މި ނިންމުމާއެކު، މޯލްޑިވްސް ސުކޫކު އިޝުއަންސް ލިމިޓެޑްގެ ދިގު މުއްދަތުގެ ބޭރު ފައިސާގެ ސީނިއަރ އަންސެކިއުޑް ރޭޓިންގ ވެސް ނެގެޓިވް އައުޓްލުކާއެކު ސީއޭއޭ2 ގައި ދަމަހައްޓާފައިވެ އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ