އުރީދޫ އިން އަންލިމިޓެޑް ސުޕަނެޓްގެ ހިދުމަތް ލިބޭނެ ޕެކޭޖްތައް ތައާރަފްކޮށްފި އެވެ.
އުރީދޫ އިން ބުނީ ސުޕަނެޓް އަންލިމިޓެޑްގެ ޕްލޭންތަކުގެ ތެރޭގައި 25އެމްބީޕީއެސް އިން ފެށިގެން ބްލޭޒިން-ފާސްޓް 1ޖީބީޕީއެސް އާއި ދެމެދުގެ ޕްލޭންތައް ހިމެނޭނެ ކަމަށެވެ.
މި ޕެކޭޖްތައް ނަގައިގެން އަވަސްކޮށް ސްޓްރީމްކޮށް، ޑޭޓާ ހުސްވުމުގެ ފުރުސަތު ކުޑަވާނެ ކަމަށް އުރީދޫ އިން ބުންޏެވެ.
ސުޕަރނެޓް އަންލިމިޓެޑް ޕްލޭންތައް ތައާރަފް ކުރުމާއެކު، އުރީދޫގެ ކަސްޓަމަރުންނަށް މިހާރު މުޅި ދުވަހު އެއްވެސް މެދުކެނޑުމެއް ނެތި ސްޓްރީމް ކުރެވޭނެ އެވެ. އަދި އަލްޓްރާ ލޯ ލެޓެންސީ އާއި އެކު އެއްވެސް ދަތިކަމެއް ނެތި ގޭމް ކުޅެވޭނެ އެވެ.
އުރީދޫން ބުނީ އެންމެ ރަނގަޅު ޑިޖިޓަލް ތަޖުރިބާތަކާއެކު ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.