ބީއެމްއެލްއިން ޝަރީއާ ކޮމްޕްލައެންޓް އިސްލާމިކް ވިސާ ކްރެޑިޓް ކާޑު ތައާރަފްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައު ޝަރީއާ ކޮމްޕްލައެންޓް ބީއެމްއެލް އިސްލާމިކް ވިސާ ކްރެޑިޓް ކާޑު ތައާރަފްކޮށްފި އެވެ.

މި ކާޑަކީ އިސްލާމިކް ބޭންކިންގެ އުޖްރާ އުސޫލުން ފަރުމާކޮށްފައިވާ، ކަސްޓަމަރަށް ހިދުމަތް ފޯރުކޮށްދިނުމުން އެއްބަސްވެފައިވާ ފީއެއް ނެގޭ ގޮތަށް ހަދާފައިވާ ކާޑެކެވެ.

ބީއެމްއެލްއިން މައުލޫމާތު ދީފައިވާ ގޮތުގައި މި ވިސާ ކާޑަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރެވޭ ގޮތަށް އެންމެ ފަހުގެ ސަލާމަތީ ފިޔަވަޅުތައް އެކުލެވޭ ކާޑެކެވެ. މީގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރިތައް ކުރުމަށް ފަސޭހަކަމާއެކު މި ކާޑު ބޭނުންކުރެވޭނެ އެވެ.

ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމްގައި ބައިވެރިވެ، ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް ޕޮއިންޓް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މި ޕޮއިންޓްތައް ފްލައިޓް ޓިކެޓް، ކާރު ކުއްޔަށް ނެގުން، ހޮޓެލް ބުކިންތަކަށް ނުވަތަ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މަރޗަންޓުންގެ ވައުޗަރ ހޯދުމަށް ބޭނުންކުރެވޭނެ އެވެ.

މި ކާޑު ތައާރަފް ކުރުމާ ގުޅިގެން ބީއެމްއެލްގެ ޑައިރެކްޓަ އޮފް އިސްލާމިކް ބޭންކިން ހަސަން ކަލާމް ވިދާޅުވީ، ”ބީއެމްއެލްގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދެމުންދާ ވިސާގެ ހިދުމަތްތަކާއި އެއްހަމައެއްގައި އިސްލާމިކް ބޭންކިންގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތް ބޭނުންވާ ކަސްޓަމަރުންނަށް ހާއްސަ އަދި ރައްކާތެރި ހިދުމަތެއް ފޯރުކޮށްދިނުން“ ކަމަށެވެ.

ބޭންކުން އިތުރަށް މަޢުލޫމާތު ދީފައިވާ ގޮތުގައި މި ކާޑާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓު މެދުވެރިކޮށް ލިބެން ހުންނާނެ އެވެ.

ބީއެމްއެލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ