ރާއްޖެއާ އިންޑިއާ ތާރީހީ އެއްބަސްވުމަކަށް؛ މުއާމަލާތްތަކުގައި ބޭނުންކުރާނީ ދެ ޤައުމުގެ އަމިއްލަ ފައިސާ

Advertisement

Advertisement

އެންމެ ފަސް

Advertisement

ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ދެމެދު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފި އެވެ.

މި އެމްއޯޔޫގެ މަޤްޞަދަކީ ބައިނަލްއަޤްވާމީ މުޢާމަލާތްތަކުގައި ދެ ޤައުމުގެ ރަސްމީ ފައިސާ – އިންޑިއަން ރުޕީ އާއި ދިވެހި ރުފިޔާ – ބޭނުންކުރުމަށް މަގުފަހިކުރުމަށް އޮނިގަނޑެއް ޤާއިމުކުރުމެވެ.

މި އެއްބަސްވުމުގެ ދަށުން، އެކްސްޕޯޓަރުންނާއި އިމްޕޯޓަރުންނަށް އެމީހުންގެ އަމިއްލަ ޤައުމުގެ ފައިސާއިން އިންވޮއިސްކޮށް އަދި ހިސާބު ނިންމުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ. މީގެ ސަބަބުން ބޭރު ފައިސާގެ މާރުކޭޓުގައި ރުފިޔާ-ރުޕީގ ވިޔަފާރި ތަރައްޤީވުމަށް މަގުފަހިވެގެންދާނެކަމަށް ބެލެވެ އެވެ.

އާރްބީއައި އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ދެ ޤައުމުގެ ރަސްމީ ފައިސާ ބޭނުންކުރުމުން ޚަރަދުތައް އޮޕްޓިމައިޒްކުރެވި އަދި މުޢާމަލާތްތައް ނިންމުމަށް ހޭދަވާ ވަގުތު މަދުވެގެންދާނެ އެވެ. މި އެމްއޯޔޫގައި ސޮއިކުރެއްވީ އާރްބީއައިގެ ގަވަރުނަރު ޝަކްތިކާންތާ ދާސް އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ.

މި އެމްއޯޔޫ އިން ރުފިޔާ އާއި ރުޕީ ބޭނުންކުރުމަށް ހިތްވަރުދެނީ ކަރަންޓް އެކައުންޓް މުޢާމަލާތްތަކުގައި، ހުއްދަ ދެވިފައިވާ ކެޕިޓަލް އެކައުންޓް މުޢާމަލާތްތަކުގައި، އަދި ދެ ޤައުމުން އެއްބަސްވާ އެހެނިހެން އިޤްތިޞާދީ އަދި މާލީ މުޢާމަލާތްތަކުގަ އެވެ. އާރްބީއައި އިން ފާހަގަކޮށްފައިވާ ގޮތުގައި މިއީ އާރްބީއައި އާއި އެމްއެމްއޭ އާ ދެމެދު ދެފަރާތުގެ ގުޅުން ބަދަހިކުރުމުގައި މުހިންމު މަރުޙަލާއެކެވެ.

މި އެއްބަސްވުމުގެ ސަބަބުން އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރި ކުރިއެރުވުމަށާއި، މާލީ އެކުވެރިކަން ބަދަހިކުރުމަށާއި، އަދި ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން ވަރުގަދަކުރުމަށް މަގުފަހިވެގެންދާނެކަމަށް އާރްބީއައި އިން ފާހަގަކޮށްފައިވެ އެވެ.

ދިވެހި ސަރުކާރުން ވަނީ ޗައިނާގެ މަރުކަޒީ ބޭންކާއެކުވެސް މިފަދަ އެއްބަސްވުމެއް ޤާއިމްކޮށްފަ އެވެ.

ރާއްޖެ - އިންޑިއާ ރާއްޖޭގެ އިގްތިސާދީ ހާލަތު އަހުމަދު މުނައްވަރު އެމްއެމްއޭ އެމްއެމްއޭގެ ގަވަރުނަރު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ