އެއާ އަރޭބިއާގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އެއާ އަރޭބިއާ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ބާއްވަން ފަށައިފި އެވެ.

މި އެއާލައިންގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމާއެކު، މަރުހަބާ ކިޔުމުގެ ގޮތުން ވޯޓާ ސެލިއުޓްކޮށްފައިވެ އެވެ.

އެއާ އަރޭބިއާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ދަތުރުތައް ބާއްވާނީ ޔޫއޭއީގެ ޝާރްޖާ އިންޓަނޭޝަނަލް އެއާޕޯޓާއި ދިވެހިރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު އެވެ. އަދި މި ދަތުރުތައް ކޮންމެ ދުވަހަކު ވެސް ޝެޑިއުލްކޮށްގެން ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ފުރަތަމަ ފްލައިޓް އައުމުގެ މުނާސަބަތުގައި ބޭއްވުނު ޚާއްޞަ އިވެންޓުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދާއި ކުންފުނީގެ އެހެނިހެން އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވި ގޮތުގައި، މި އެއާލައިންއާއި ރާއްޖެއާ ދެމެދު ދަތުރުތައް ފެށުމުން މެދުއިރުމަތިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ އެވެ. އަދި މިކަމާ ދޭތެރޭ އެމަނިކުފާނު ވަރަށް އުފާކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

މި އައު ދަތުރުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް ލިބި، ޚާއްޞަކޮށް މެދުއިރުމަތީގެ މާކެޓުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.

އެމްއޭސީއެލް އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ފަތުރުވެރިކަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ