ފަތުރުވެރިކަމުން ލިބޭ 4.5 ބިލިއަން ޑޮލަރުގެ ތެރެއިން ބޭންކްތަކަށް ވަންނަނީ އެންމެ 2.3 ބިލިއަން: ގަވަރުނަރު

Advertisement

Advertisement

އެންމެ ފަސް

Advertisement

ފަތުރުވެރިކަމުގެ ސިނާއަތުން އަހަރަކު ލިބޭ 4.5 ބިލިއަން ޑޮލަރުގެ ތެރެއިން ރާއްޖޭގެ ބޭންކްތަކަށް ވަންނަނީ އެންމެ 2.3 ބިލިއަން ޑޮލަރު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންނަށް އަމާޒުކޮށް އެމްއެމްއޭގެ ފަރާތުން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ، ރާއްޖެއަށް އަހަރަކު ވަންނަ 4.5 ބިލިއަން ޑޮލަރުގެ ތެރެއިން ޓެކްސްއާއި އެހެނިހެން ގޮތްގޮތުން މަރުކަޒީ ބޭންކާ ހަމައަށް ލިބެނީ އެންމެ 23 އިންސައްތަ ކަމަށެވެ.

އެމްއެމްއޭ އިން ބޭރު ފައިސާގެ ގަވައިދުތަކަށް މި ފަހުން ގެނައި ބަދަލުތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ގަވަރުނަރު މުނައްވަރު އިތުރަށް ވިދާޅުވީ، ރާއްޖެއަށް ވަންނަ ޑޮލަރުގެ ތެރެއިން ނިޒާމުގެ ތެރެއަށް ނުވަދެ “ނުރަސްމީ ބާޒާރަށް” ދޫވާ އަދަދު މަދުކުރުމަކީ ގަވައިދަށް ބަދަލު ގެނައި އެއް ސަބަބު ކަމަށެވެ. އަދި އެ ބަދަލުގެ ސަބަބުން ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑް އިތުރުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

ގަވަރުނަރު މުނައްވަރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ބޭންކުތަކުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ޑިމާންޑާ އެއްވަރަށް ބޭރުފައިސާ ދޫކުރެވޭނެ ބާރެއް ނެތުމުން، ގިނަ ރިސޯޓުތައް ތަރައްޤީކުރަނީ ބޭރުގެ ބޭންކުތަކުން ލޯނު ނަގައިގެން ނެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ބޭންކިންގ އިންޑަސްޓްރީއަށް އެކަށީގެންވާ ފައިދާއެއް ނުވާ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

“ބޭރު ބޭންކުތަކުން ލޯން ނަގައިގެން ގިނަ ރިސޯޓުތައް ތަރައްޤީކޮށްފައި މިހެން މަސައްކަތް ކުރާއިރު، އަޅުގަނޑުމެންގެ ޑޮމެސްޓިކްް ބޭންކިން އިންޑަސްޓްރީއަށް މީގެން ފައިދާ ނުވާ ސަބަބަކީ ރާއްޖޭގައި ނެތް އެ އެސެޓެއް ކްރިއޭޓްކުރެވިފައި,” ގަވަރުނަރު މުނައްވަރު ވިދާޅުވި އެވެ.

ގަވަރުނަރު މުނައްވަރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ބޭންކިންގ އިންޑަސްޓްރީ ކުރިއެރުވުމަށްޓަކައި ބޭންކުތަކަށް ބޭރުފައިސާ ގެނައުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިގޮތަށް ކުރިއަށް ދިޔުމުން ބޭންކިންގ މަލްޓިޕްލަޔަރ ނުވަތަ މަނީ މަލްޓިޕްލަޔަރ އިތުރުވެ، ބޭންކިންގ އިންޑަސްޓްރީ ކުރިއަރައިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ގަވަރުނަރު މުނައްވަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ބޭންކިންގ ނިޒާމު ކުރިއެރުވުމަށް ކޮންމެވެސް ވަރަކަށް ބަދަލުތަކެއް ގެންނަން ޖެހެ އެވެ. މިގޮތުން، ބޭރުފައިސާ ބޭންކުތަކަށް މާރުކުރުމުން، އެ ފައިސާ ދައުރުވެ، އިޤްތިޞާދަށް ފައިދާކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

“އަަޅުގަނޑު ޤަބޫލުކުރަނީ އަޅުގަނޑުމެންގެ ބޭންކިން ނިޒާމެއް މިގޮތަށް ކުރިއަށް ނާރާނެއޭ. ކޮންމެވެސް ވަރަކަށް މާރުވާން އެބަޖެހޭ. އޭރުން އަޅުގަނޑުމެން މިކިޔާ ބޭންކިން މަލްޓިޕްލަޔަރ ނުވަތަ މަނީ މަލްޓިޕްލަޔަރ އަަރ އަންނާނީ,” ގަވަރުނަރު މުނައްވަރު ވިދާޅުވި އެވެ.

މީގެއިތުރުން، ގަވަރުނަރު މުނައްވަރު ވަނީ މި ޤަވާއިދަށް ހުރިހާ ވިޔަފާރިތަކުން ތާއީދު ކުރި ނަމަވެސް، ބައެއް ފަރާތްތަކުން މި ފައިސާ ބޭންކަށް މާރުކުރުމާ ގުޅޭގޮތުން ސުވާލު އުފައްދާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، ރާއްޖޭގެ އިޤްތިޞާދީ ދުޅަހެޔޮކަމަށްޓަކައި މިފަދަ ބަދަލުތަކެއް ގެނައުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ގަވަރުނަރު މުނައްވަރު ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ބޮޑު އާމްދަނީގެ ތެރެއިން ކުޑަ އަދަދެއް ރާއްޖޭގެ ބޭންކިންގ ނިޒާމަށް ވަންނަ ކަމަށާއި، މިކަން ރަނގަޅުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާއި، އޭގެ މުހިންމުކަމާ ބެހޭގޮތުން މަޢުލޫމާތު ދެއްވާފަ އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު އަހުމަދު މުނައްވަރު އެމްއެމްއޭ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ