ރާއްޖޭގައި ސީ ޓު އެއާ ކާގޯގެ ޚިދުމަތް ދޭން ލުފްތާންސާ އިންވެސް ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ސީ ޓު އެއާ ކާގޯގެ ޚިދުމަތް ދޭން ޖަރުމަނުގެ ލުފްތާންސާ އެއަރލައިންވެސް ފަށައިފި އެވެ. މިއީ މި ޚިދުމަތާ ގުޅުނު 8 ވަނަ އެއަރލައިން އެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން މިއަދު ހާމަކުރި ގޮތުގައި މިއަދު ހެނދުނު ބަންގްލަދޭޝްއިން 10 ޓަނުގެ މުދާ ޖަރުމަނުގެ ފްރެންކްފަރޓަށް ގެންދެވިފައިވާ ކަމަށެވެ. ފްރެންކްފަރޓް މެދުވެރިކޮށް އެމެރިކާއަށް އެ މުދާ ގެންދެވޭނެކަމަށް ވީއައިއޭ އިން ބުނެ އެވެ.

ވީއައިއޭ އިން ބުނި ގޮތުގައި މަސް ދުވަހުގެ ތެރޭގައި 300 ޓަނުގެ މުދާ ކާގޯ ކުރެވިިފައިވާ ކަމަށެވެ. އަދި މަސް ދުވަހުގެ ތެރޭގައި މި ހިދުމަތާއި އަލަށް 3 އެއާލައިންއެއް ގުޅުމަކީ ބޮޑު ކާމިޔާބެއްކަމަށް ވީއައިއޭ އިން ބުނެ އެވެ.

އެއަރޕޯޓުން ބުނެފައިވަނީ ”ދެކުނު އޭޝިއާ ދުނިޔެއާ ގުޅުވައިދޭ ކާގޯ ހަބެއްގެ ގޮތުގައި ވީއައިއޭ ގާއިމްކުރުމުގެ ހުވަފެން ހަގީގަތަކަށް ހަދަން އަޅުގަނޑުމެން މިތިބީ އެއް ފިޔަވަޅު ގާތްވެފަ“ އެވެ.

ރާއްޖޭގައި ސީ ޓު އެއާ ކާގޯ ޓްރާންސްޝިޕްމެންޓްގެ ހިދުމަތް ފަށާފައިވަނީ މިއަހަރުގެ މޭ މަހުގެ ތެރޭގަ އެވެ. މި ޚިދުމަތާއެކު ރާއްޖޭގެ ކާގޯ އުފުލުމުގެ ހިދުމަތް އިތުރަށް ފުޅާވެ، ވިޔަފާރިވެރިންނަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެ އެވެ.

މި ހިދުމަތް ފެށުމާއެކު ރާއްޖެއަށް ލިބޭނެ އިގްތިސާދީ ފައިދާތަކާއި، އިތުރުވާނެ ވަޒީފާގެ ފުރުސަތުތަކަށް ގިނަ ފަރާރާތްތަކުން އުއްމީދު ކުރެ އެވެ. އަދި މި ހިދުމަތުގެ ސަބަބުން ރާއްޖޭގެ އެއަރޕޯޓް ބައިނަލްއަގްވާމީ ފެންވަރުގައި އިތުރަށް ފާހަގަކުރެވިގެންދާނެ ކަމަށްވެސް ލަފާކުރެވެ އެވެ.

އެމްއޭސީއެލް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ