ޑޮލަރު އާމްދަނީ 93 އިންސައްތަ މައްޗަށް ޖެހިލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު، ނިމިދިޔަ މަހު ދައުލަތަށް ލިބުނު ޑޮލަރު އާމްދަނީ 93 އިންސައްތަ މައްޗަށް ޖެހިލައިފި ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފި އެވެ.

މީރާއިން ނިމިދިޔަ މަހަށް ބަލާފައި އެކުލަވާލި ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަޔަލަށް ދައުލަތަށް 102.5 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު ފާހަގަކުރެވޭ ވަރުގެ ބޮޑު އިތުރުވުމެކެވެ.

މި އިތުރުވުން އައިސްފައިވަނީ މައިގަނޑު ގޮތެއްގައި ޖީޖީއެސްޓީ، ޓީޖީއެސްޓީ އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ އިތުރުން، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ އާއި ލޭންޑް އެކްވިޒިޝަން އެންޑް ކޮންވާޝަން ފީ އިތުރުކުރުމާ ގުޅިގެން ކަމަށް މީރާއިން ބުނެފައިވެ އެވެ.

ސެޕްޓެމްބަރު 2023 ގައި ޖީއެސްޓީ އާއި ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކަށް ވުމުން ކަލެކްޝަން އަށް ހީނަރުކަމެއް އައި ކަމަށް މީރާއިން އޮޅުންފިލުވާ ދިނެވެ.

އެއާޕޯޓް ޓެކްސް، ކޯޕަރޭޓް އިންކަމް ޓެކްސް އަދ ކުރިން ނުނެގި ހުރި ޖީީއެސްޓީގެ ޒަރީޔާއިން މިދިޔަ މަހުގެ ކަލެކްޝަން ކުރީ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު އިތުރުވި ކަމަށް މީރާއިން ބުންޏެވެ.
މީރާ އިން އިތުރަށް ބުނީ މިއަހަރުގެ ސެޕްޓެމްބަރު މަހު ލިބޭނެ ކަމަށް ލަފާކުރި އަދަދަށްވުރެ 28.7 އިންސައްތައިން ކުރިއެރުން ލިބިފައިވާ ކަމަށެވެ.

ސެޕްޓެމްބަރު 2024 ގެ އާމްދަނީ ލަފާކުރި މިންވަރަށް ވުރެ އިތުރުވެފައިވަނީ، މައިގަނޑު ގޮތެއްގައި ރިޒޯޓްތައް ލީސް ޕީރިއަޑް އިތުރުކުރުމުގެ ފީ ލިބުމުން ނެވެ. މީގެ އިތުރުން ފަތުރުވެރިންގެ އަދަދު ލަފާ ކުރި މިންވަރަށްވުރެ %8.1 އިތުރުވުމުން ފަތުރުވެރިންނާ ގުޅުންހުރި އާމްދަނީ ވަނީ އިތުރުވެފަ އެވެ.

ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓީޖީއެސްޓީ އިން ނެވެ. އެއީ ޑޮލަރުން ލިބުނު އާމްދަނީގެ 37.7 އިންސައްތަ އެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީ އިން ނެވެ. އެއީ މިއަހަރުގެ ސެޕްޓެމްބަރު މަހު ދައުލަތަށް ލިބުނު 2.30 ބިލިއަން ރުފިޔާގެ އާމްދަނީގެ 44 އިންސައްތަ އެވެ.

މީރާއިން އިތުރަށް ހާމަކުރި ގޮތުގައި، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޖީއެސްޓީ އާއި ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކަށް ވުމުން، އެ މަހުގެ ކަލެކްޝަނަށް ހީނަރުކަމެއް އައިސްފައިވެ އެވެ. ނަމަވެސް މިއަހަރުގެ ސެޕްޓެމްބަރު މަހު އެއާޕޯޓް ޓެކްސް، ކޯޕަރޭޓް އިންކަމް ޓެކްސް އަދި ކުރިން ނުނެގި ހުރި ޖީއެސްޓީގެ ޒަރީއާއިން ކަލެކްޝަން އިތުރުވެފައިވާ ކަމަށް މީރާއިން ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން، މޯލްޑިވްސް ޓޫރިޒަމް ޤާނޫނަށް ގެނެވުނު 13 ވަނަ އިޞްލާޙުގެ ދަށުން، ކުލީގެ މުއްދަތު 99 އަހަރަށް އިތުރުކުރުމަށް މަދު ރިސޯޓުތަކަކުން ނިންމުމާ ގުޅިގެން، މި މަހުގެ ތެރޭގައި އާމްދަނީ ބޮޑުތަނުން އިތުރުވެފައިވާކަން ފާހަގަކުރެވެ އެވެ.

މި ހުރިހާ ކަމެއްގެ ސަބަބުން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހު ދައުލަތަށް ލިބުނު ޑޮލަރު އާމްދަނީ 93 އިންސައްތައިގެ ބޮޑު އިތުރުވުމެއް ގެނެސްދީފައިވާކަން މީރާގެ ރިޕޯޓުން ދައްކަ އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު މީރާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ