ރާއްޖޭގެ ރީ-އެކްސްޕޯޓްގެ އަދަދު އިތުރުވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު، ރާއްޖޭގެ ރީ-އެކްސްޕޯޓްގެ އަދަދު އިތުރުވެއްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރިޕޯޓުގައިވާ ގޮތުން، އޮގަސްޓް މަހު ރާއްޖެއިން ބޭރުކުރި މުދަލުގެ އަދަދު ވަނީ ކުރީ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 29 އިންސައްތައިން އިތުރުވެފަ އެވެ. މި އިތުރުވުން އައިސްފައިވަނީ މައިގަނޑު ގޮތެއްގައި ކުރިން އެތެރެކޮށްފައިވާ ޖެޓް ފިއުލް ރީ-އެކްސްޕޯޓްކޮށްގެން ނެވެ.

ނަމަވެސް، ރާއްޖެއިން އެކްސްޕޯޓްކުރާ ތަކެތި އޮގަސްޓް މަހުގައި ދަށްވެފައިވާކަން މި ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މިގޮތުން ދަޅު މަހާއި ޕެކެޓްކޮށްފައިވާ މަހުގެ ބާވަތްތަކުގެ އެކްސްޕޯޓުން ލިބޭ އާމްދަނީ ދަށްވެފައިވާއިރު، ގަނޑުކޮށްފައިވާ ކަޅުބިލަމަހާއި ގަނޑުކޮށްފައިވާ ކަނޑުމަހުގެ އެކްސްޕޯޓްތައް އިތުރުވެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އިމްޕޯޓްތަކަށް ބަލާއިރު، ނިމިދިޔަ އޮގަސްޓް މަހު ރާއްޖެއަށް އެތެރެކުރި މުދާ ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 9 އިންސައްތައިން ދަށްވެފަ އެވެ. މިގޮތުން ޓްރާންސްޕޯޓް ސާމާނާއި ޕެޓްރޯލިއަމްގެ އުފެއްދުންތަކަށް ހޭދަވާ ވަރު ކުޑަވެފައިވާއިރު، ކާބޯތަކެއްޗާއި އިލެކްޓްރޯނިކް ސާމާނާއި ފަރުނީޗަރަށް ރާއްޖެއިން ކޮށްފައިވާ ޚަރަދު އިތުރުވެފައިވެ އެވެ.

މިއަހަރުގެ ޖެނުއަރީ އިން އޮގަސްޓްގެ ނިޔަލަށް ޖުމްލަ އެކްސްޕޯޓްތައް 5 އިންސައްތައިން ދަށްވެފައިވާވާއިރު، ޖުމްލަ އިމްޕޯޓްތައް ވަނީ 3 އިންސައްތައިން އިތުރުވެފަ އެވެ.

މީގެ އިތުރުން، އޮގަސްޓް މަހުގެ ފަހުކޮޅު ރާއްޖޭގެ ރިޒާވް ވަނީ 11 އިންސައްތައިން ދަށްވެފައެ ވެ. މިއީ ޖުލައި މަހުގެ ފަހުކޮޅު ރިޒާވް ދަށްވި މިންވަރަށްވުރެ ބޮޑު ދަށްވުމެކެވެ.

އެމްއެމްއޭ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ