ޓެކްނޮލޮޖީގެ ދާއިރާއިން ފަތުރުވެރިކަމަށް އަންނަ ކުރިއެރުން ދެނެގަތުމަށް ޑޭޓާ ފޯރަމެއް ބާއްވަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ޓެކްނޮލޮޖީގެ ދާއިރާއިން ފަތުރުވެރިކަމަށް އަންނަ ކުރިއެރުން ދެނެގަތުމަށް ޑޭޓާ ފޯރަމެއް ބޭއްވުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ނިންމައިފި އެވެ.

މިއަދު ފާހަގަކުރާ ގައުމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން އެމްއެމްޕީއާރްސީގެ އެމްޑީ އިބްރާހީމް ޝިއުރީ ވިދާޅުވީ، އަލަށް ފެންނަމުން އަންނަ ޓެކްނޮލޮޖިކަލް ކުރިއެރުންތައް އެމްއެމްޕީއާރްސީ އިން ބަލަމުން އަންނަ ކަމަށެވެ. މި ސަބަބަށްޓަކައި ރާއްޖޭގައި މީގެ ކުރިން ނުބާއްވާ ފަދަ ޑޭޓާ ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ހާމަކުރެއްވި އެވެ.

ޝިއުރީ މަޢުލޫމާތު ދެއްވިގޮތުގައި މި ފޯރަމްގައި އަދާރަން، ބީސާ އަދި މެޓާ ފަދަ ބޮޑެތި ކުންފުނިތައް ބައިވެރިވާނެ އެވެ. މެޓާ ފަދަ ކުންފުނިތަކުން މި ފޯރަމްގައި ބައިވެރިވުމަށް އެމްއެމްޕީއާރްސީ އިން ދަޢުވަތު ދެމުން އަންނަ ކަމުގައިވެސް އޭނާ ފާހަގަކުރެއްވި އެވެ.

”ފަތުރުވެރިކަމުގެ ދާއިރާއަށް ޓެކްނޮލޮޖީއަކީ ކިހާ މުހިންމު އެއްޗެއްކަން މި ފޯރަމުން އެނގިގެންދާނެ. ޓެކްނޮލޮޖީއާ ގުޅުންހުރި މަޝްވަރާތަކަށް ރިޢާޔަތްކޮށްފައި ކުރިއަށް އޮތްތަނުގައި މާކެޓިން ހަރަކާތްތައް ހިންގާނަން،“ ޝިއުރީ ވިދާޅުވި އެވެ.

މި ފޯރަމަކީ ފަތުރުވެރިކަމުގެ ދާއިރާގައި ޓެކްނޮލޮޖީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށާއި، އަލަށް ތަޢާރަފުވަމުންދާ ޓެކްނޮލޮޖީތަކުގެ ސަބަބުން ފަތުރުވެރިކވެރިކަމުގެ ދާއިރާއަށް ކުރާނެ އަސަރުތައް ދެނެގަތުމަށް މަގުފަހިވެގެންދާނެ މުހިންމު ބައްދަލުވުމެއް ކަމަށް ބެލެވެ އެވެ.

ކުރީގެ ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް އެމްއެމްޕީއާރްސީގެ އެމްޑީ ޝިއުރީ އިބްރާހިމް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ފަތުރުވެރިކަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ