ކޮންމެވެސް ސިފައެއްގައި ޕޭޕަލްގައި ހިދުމަތް ރާއްޖޭގައި ވަރަށް އަވަހަށް ދެވެން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެފައިވަނީ ކޮންމެވެސް ސިފައެއްގައި ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ވަރަށް އަވަހަށް ދެވޭން ފަށާނެ ކަމަށެވެ. މިނިސްޓަރު މި ވާހަކަ ދެއްކެވީ އިއްޔެ ބޭއްވުނު ރަސްމިއްޔާތެއްގަ އެވެ.
ސައީދު ވިދާޅުވި ގޮތުގައި މީގެ ކުރީގެ ސަރުކާރަކުން ޕޭޕަލްއާ ވާހަކަދައްކަން މަސައްކަތްކޮށްފައި ނުވެއެވެ. އަދި އަބަދުވެސް ރާއްޖެއަކީ ކުޑަ މާކެޓެއް އޮންނަ ތަނެއް ކަމަށް ބުނެފައިވާކަން ސައީދު ފާހަގަކުރެއްވި އެވެ.
”ރާއްޖޭގައި ނެތޭ ޑިޖިޓަލް އިންފްރާސްޓްރަކްޗާގައި ގާނޫނު މެޝާ ކުރާގޮތުން ކަންތައްތަކުގައި ޓިކް ކޮށްލެވޭނެ ގޮތެއް. މިހާރު ސުވާލަކީ ވާނޭތޯ ނުވާނެތޯއެއް ނޫން. ކޮންމެވެސް ސިފައެއްގައި އިރާދަކުރެއްވިއްޔާ ރާއްޖޭގައި އެކަން ކުރާނަން އަޅުގަނޑުމެން،“
މިވަގުތު ޔޫޓިއުބް ޕްރިމިއަމް، ގޫގަލް، އެޕަލް، އެމޭޒަން ޕްރިމިއަމް ފަދަ ޚިދުމަތްތައް ވަނީ ރާއްޖެއަށް ރެސްޓްރިކްޓްކޮށްފަ އެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި 460 އަށްވުރެ ގިނަ ކްރިއޭޓިވް އާޓިސްޓުން ތިބި ނަމަވެސް، އެފަރާތްތަކުން މަސައްކަތްކުރަނީ ބޮޑު ކުލީގައި ގެ ހިފައިގެން ކުޑަކުޑަ ތަންތަނުގައި ދަތި ހާލަތުގަ އެވެ.
މިކަންތައްތައް ހައްލުކުރުމަށް އިންޑިއާއާއެކު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވަޒީރު މަޢުލޫމާތު ދެއްވި އެވެ. މިގޮތުން ދިވެހި އުފެއްދުންތެރިންނަށް ދުނިޔޭގެ މާކެޓަށް ވާސިލުވެ، އެމީހުންގެ އުފެއްދުންތަކަށް ރާއްޖެއިން ބޭރުން ނަފާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ ޔޫޓިއުބް ޕްރިމިއަމްއިން ރާއްޖޭގެ އެކައުންޓްތައް މަނިޓައިޒްކޮށް އާމްދަނީ ލިބޭނެ ގޮތް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހާމަކުރައްވާފަ އެވެ.
އޮގަސްޓް 22 ވަނަ ދުވަހު މިނިސްޓަރު ވަނީ ޕޭޕަލްގެ ގްލޯބަލް މާކެޓިން ޕްރެޒިޑެންޓް ހިމެނޭ ގޮތަށް ޕޭޕަލްގެ އިސް އޮފިޝަލުންނާއެކު ބައްދަލުވުމެއް ބާއްވަވައި، ޕޭޕަލް ހިންގުމަށް ޕްރޮޕޯޒަލް ހުށަހަޅާފައިވާކަން ހާމަކުރައްވާފަ އެވެ.
ރާއްޖޭގައި ޕޭޕަލް ތައާރަފްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިކަމާ ގުޅޭގޮތުން ސަރުކާރުން ވަނީ ޔޫ.އެސް.އޭ ސަރުކާރާއި އެހެނިހެން ސްޓޭކްހޯލްޑަރުންނާ މަޝްވަރާކޮށްފަ އެވެ.
ސައީދު ވިދާޅުވީ ދާދި ފަހުން ވޮޝިންޓަނަށް ކުރެއްވި ދަތުރުފުޅުގައިވެސް ޕޭޕަލް ގެނައުމަށް އެމެރިކާގެ އޮފިޝަލުންގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ.
ޕޭޕަލް އަކީ އޮންލައިންކޮށް ފައިސާ ފޮނުވުމާއި ލިބުން ފަސޭހަ ކުރުމަށް އުފައްދާފައިވާ އީ-ވޮލެޓް އެޕްލިކޭޝަނެކެވެ. ރާއްޖޭގައި ފުދޭވަރަކަށް މަގުބޫލު ނަމަވެސް މިވަގުތު މި އެޕްލިކޭޝަންގެ ބޭނުން ރާއްޖޭގައި ހަމައެކަނި ކުރެވެނީ ބިދޭސީން ފައިސާ ފޮނުވުމަށެވެ. ދިވެހިންނަށް ޕޭޕަލް މެދުވެރިކޮށް ފައިސާ ލިބިގަނެވޭނެ ގޮތެއް ރާއްޖޭގައި ހަމަޖެހިފައި އަދި ނެތެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ޕޭޕަލްގެ ހިދުމަތް



