ބޭނުންކުރެވޭ ރިޒާވް ޖުލައި ނިމުނުއިރު ހުރި މިންވަރަށްވުރެ އޮގަސްޓްގެ ނިޔަލަށް އިތުރުވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާކޮށްފި އެވެ.
އެމްއެމްއޭ އިނ މިގޮތަށް ބުނީ ރޭ ނެރުނު ބަޔާނެއްގަ އެވެ.
އެމްއެމްއޭއިން ރޭ ބަޔާނެއް ނެރެފައިވަނީ މީޑިއާއަކުން ޝާއިއުކުރި ހަބަރެއް ދޮގު ކުރުމުގެ ގޮތުން ނެވެ. އެމްއެމްއޭ އިން ބުނީ ”ބޭނުން ކުރެވޭ ޑޮލަރު ރިޒާވު ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އެއްކޮށް ހުސްވެއްޖެ!“ ކަމަށް ބުނެ އޮންލައިންގައި ޝާއިރުކޮށްފައިވާ ހަބަރަކީ ދޮގު ހަބަރެއް ކަމަށެވެ.
”މި ސުރުހީގެ ދަށުން ލިޔެފައިވާ ހަބަރަކީ ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ހިމެނޭ ހަބަރެއް“
ރިޒާވްގެ މައުލޫމާތު މިހާރެކޭ އެއްގޮތަށް އޮތޯރިޓީން ދާނީ މަހުންމަހުން ބަރާބަރަށް ޝާއިއު ކުރަމުން ކަމަށް އެމްއެމްއޭއިން ބުންޏެވެ. އެއާއެކު، ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ޖުލައި ނިމުނުއިރު ހުރި މިންވަރަށްވުރެ އޮގަސްޓް މަހުގެ ނިޔަލަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ވާހަކަވެސް ބުނެފައިވެ އެވެ.
އެހެންކަމުން މިފަދަ ކަންތައްތަކާއި ގުޅޭ ހަބަރުތައް ހަގީގަތާއި ހިލާފަށް ގެނެސްދިނުމަކީ އެއޮތޯރިޓީން ނުހަނު ކަންބޮޑުވާ ކަމެއްކަމުގައިވެސް ބުނެފައިވެ އެވެ.