ބަޖެޓް އެއާލައިން އެއާ އަރޭބިއާގެ ދަތުރުތައް ރާއްޖެއަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

އެކުވެރި އަރަބި ދައުލަތް (ޔޫއޭއީ) އަށް ނިސްބަތްވާ ބަޖެޓް އެއާލައިނެއް ކަމަށްވާ އެއާ އަރޭބިއާގެ ދަތުރުތައް ރާއްޖެއަށް ފަށަން އެ އާލައިން އިން ތައްޔާރުވެއްޖެ އެވެ.

އެއާ އަރޭބިއާއިން ދުބާއީގެ ޝާރްޖާ އިންޓަނޭޝަނަލް އެއާޕޯޓްއިން ވެލާނާއި އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 27 އިން ފެށިގެންނެވެ. އެއާ އަރޭބިއާގެ ފްލައިޓްތައް ރާއްޖެއަށް ކޮންމެ ދުވަހުކުވެސް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައިވެ އެވެ.

އެއާ އަރަބިއްޔާއިން އޮޕަރޭޓް ކުރަނީ އެއާބަސް އޭ320 އަދި އޭ321 މަރުކާގެ މަތިންދާބޯޓުތަކުގެ ފްލީޓެކެވެ. ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރާ ބޯޓުތަކަކީ ޒަމާނީ މަގުބޫލު ބާވަތުގެ ސިންގަލް އައިލް އުޅަނދުތަކެއް ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެ އެވެ.

އެއާ އަރަބިއްޔާއިން ހަފްތާގެ ކޮންމެ ދުވަހަކު ރާއްޖެއަށް ދަތުރުތައް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އެއާ އަރަބިއްޔާގެ ވެބްސައިޓަށް ޒިޔާރަތްކޮށް، ކޯލް ސެންޓަރަށް ގުޅައިގެން، ނުވަތަ ޓްރެވަލް އެޖެންސީތައް މެދުވެރިކޮށް މިހާރު ކަސްޓަމަރުންނަށް ޝާރުޖާއިން ރާއްޖެއަށް ސީދާ ދަތުރުތައް ބުކް ކުރެވޭނެ އެވެ.

މިހާރުވެސް ޔޫއޭއީގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ފްލައި ދުބާއީގެ ދަތުރުތައްވެސް ރާއްޖެއަށް އަންނަނީ ބާއްވަމުންނެވެ.

 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ފަތުރުވެރިކަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ