ޗައިނާގެ ކުންފުންޏަކުން އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުމަށް މަޝްވަރާކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ޗައިނާ ޓިއަންޔިންގް އިންކޯޕަރޭޓެޑް (ސީއެންޓީއައި) އިން ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް އިންވެސްޓް ކުރުމުގެ ފުރުސަތުތަކާ ގުޅޭ ގޮތުން  މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ބާއްވާފައިވަނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރާއި މިނިސްޓަރ އޮފް ފިނޭންސް ޑރ. މުހައްމަދު ޝަފީގާއި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބުއާއި އެކުގަ އެވެ.

މި މަޝްވަރާ ކުރިއަށް ގެންގޮސްފައިވަނީ ޖުލައި 20 އިން 24 އަށް ޗައިނާއަށް އެ ތިން ވަޒީރުން ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ނެވެ.

މި ދަތުރުފުޅުގައި މިނިސްޓަރުން ވަނީ ސީއެންޓީއައި ގެ ޗެއާމަން ޑރ. ޔަން ޝެންގްޔުންއާ ބައްދަލުކުރައްވައި، ކުނި މެނޭޖްކުރުމާއި، ރާއްޖޭގައި ހިނގަމުންދާ އިންފްރާސްޓްރަކްޗަރ މަޝްރޫއުތަކާއި، ދެމެހެއްޓެނިވި ތަރައްގީގެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އަދި ރާއްޖޭގެ އިއާދަކުރަނިވި ހަކަތައިގެ ދާއިރާގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތަކަށް ވެސް ބައްލަވާލައްވާފައި ވެއެވެ.

މިހާރުވެސް ރާއްޖެ އާއި ސީއެންޓީއައި ގުޅިގެން މަސައްކަތްތައް ކުރަމުން އަންނައިރު، މި އަހަރުގެ މާޗް މަހު ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ސީއެންޓީއައިއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ. ދެ އަހަރަށް ކުރިއަށްދާ މި އެއްބަސްވުމުގައި މޫސުމަށް އަންނަ ބަދަލުތަކާއި ފެނާއި ސާފުތާހިރުކަމާއި ހަކަތައާއި ތިމާވެށި ހިމާޔަތްކުރުމާއި ލޯ ކާބަން އާބަން ޑިވެލޮޕްމަންޓަށް އަލިއަޅުވާލާފައި ވެއެވެ. ސީއެންޓީއައި އިން ވަނީ ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް އެހީތެރިވުމަށް ސިނާއީ އަދި ޓެކްނޮލޮޖީގެ ތަޖުރިބާގެ ބޭނުން ހިފުމަށް ވައުދުވެފަ އެވެ.

ރާއްޖޭގެ މިނިސްޓަރުން ޗައިނާއަށް މިދައުވަތު ކުރައްވަނީ ޗައިނާގެ މިނިސްޓަރު އޮފް ފޮރިން އެފެއާޒް ވަންގް ޔީގެ ދައުވަތަކަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ. އެބޭފުޅުންގެ މި ދަތުރުފުޅުގައި ވަންގް ޔީ އާއި ޗައިނާގެ އެހެން އިސް އޮފިޝަލުންގެ އިތުރުން ރާއްޖޭގެ އިގްތިސާދާއި ބެހޭ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ޗައިނާގެ މުހިންމު ކުންފުނިތަކުގެ މަންދޫބުންނާ ބައްދަލުކުރައްވާނެ އެވެ. މި ވަފުދުގައި ސަރުކާރުގެ އިތުރު އިސްވެރިންވެސް ހިމެނެ އެވެ.

ރާއްޖެ - ޗައިނާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ