މިފްކޯ ބޯޓުތަކުގެ އޮޕަރޭޝަނަށް ގެނައި ބަދަލާއެކު މަސްވެރީންނަށް ބޮޑު ލުޔެއް!

Advertisement

Advertisement

އެންމެ ފަސް

Advertisement

މިފްކޯއަށް ކަޅުބިލަމަސް ގަންނަ އެކުންފުނީގެ ބޯޓު ފަހަރުގެ އޮޕަރޭޝަނަށް ގެނައި ބަދަލާއެކު މަސްކިރުމުގައި މަސްވެރީންނަށް މިހާރު ދިމާވާ ބައެއް ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް އެކުންފުނިން ބުނެފި އެވެ.

މިފްކޯއިން މިއަދު ބުނީ ރާއްޖޭގެ ދެކުނުގައި މަސް ގަންނަން އޮޕަރޭޓްކުރާ އާރުއެސްޑަބްލިޔު 27.5 ޓަނު ޖާގައިގެ ބޯޓު ފަހަރުގެ ތެރެއިން ރަންދި 23، 24، 25، 26، ފެލިވަރުން އޮޕަރޭޓް ކުރާ ބޯޓުތަކެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމުގަ އެވެ. އެ ހަތަރު ބޯޓުވެސް ކުރިން އޮޕަރޭޓް ކުރަމުންދިޔައީ ކޫއްޑޫއިން ނެވެ. އަދި ފެލިވަރުން އޮޕަރޭޓު ކުރަމުންދިޔަ ޖަޒީރާ-102 ދެން އޮޕަރޭޓް ކުރާނީ ކޫއްޑޫ ސައިޓުން ނެވެ. އެބޯޓުން ދުވާލަކު 100 ޓަނަށްވުރެ ގިނަމަސް ފްޒީކުރެވޭކަން މިފްކޯއިން ފާހަގަކުރެ އެވެ.

މިކަމާގުޅޭ އިތުރު މައުލޫމާތު ހިއްސާކުރައްވަމުން މިފްކޯގެ އޮޕަރޭޝަންސް ހިންގެވުމާ ހަވާލުވެ ހުންނެވި އެކުންފުނީގެ ޖެނެރަލް މެނޭޖަރު އަހުމަދު ޒާހިރު ވަނީ އެގޮތަށް ބޯޓުފަހަރު ބަދަލުކުރި ސަބަބު ހިއްސާކުރައްވާފަ އެވެ.

”ފެލިވަރަކީ ދަޅު ބަންދުކުރާ ފެކްޓްރީއަކަށް ވެފައި، އެތަނަށް ބޮޑަށް ބޭނުންވާ، އާރުއެސްޑަބްލިޔުގައި ބެހެއްޓިފައިހުންނަ ތާޒާމަސް ހޯދުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު މަގުސަދެއް.މި ހަތަރު ބޯޓް އުތުރަށް ބަދަލުކުރުމުން އިތުރު ބަނދަރުތަކެއްގައި މަސްގަންނަ ބޯޓު ބޭއްވޭނެ. މިކަމުގެ ސަބަބުން އުތުރުގައި ކަނޑުމަހުގެ މަސްވެރިކަން ކުރާ މަސްވެރީންނަށް މަސްކިރޭނެ ކަމުގެ ޔަގީންކަން އިތުރުވެގެންދާނެ.“

ޒާހިރު ވިދާޅުވީ، ދެކުނުގައި މަސްވެރިކަން ރަނގަޅު ދުވަސްވަރު ރަންދި ސީރީޒްގެ ކުޑަ ބޯޓަކަށް އެންމެ ދޯންޏެއްގެ މަސްވެސް ނުކިރޭ ކަމަށާއި، އެހެން ނަމަވެސް ޖަޒީރާ-102 ދެކުނަށް ބަދަލުކުރުމުން އެ ސަރަހައްދުގައި ފްރީޒްކުރެވޭ މަސް އިތުރުވެގެންދާނެކަމުގަ އެވެ. އަދި އެކަމުގެ ސަބަބުން މަސްވެރި މޫސުމުގައި އޮޑިދޯނިފަހަރުތަކުން މަސްކިރުމަށް ހަދާ ކިއު ކުޑަވެގެންދާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ޒާހިރު ފާހަގަކުރެއްވިގޮތުގައި މި ބަދަލާއެކު ޒުވާނުންނާއި، މަސްވެރިކަމުގެ ސިނާއަތާއި އަލަށް ގުޅެން ބޭނުންވާ އާންމު ފަރުދުންގެ މެދުގައި މަހަށްފުރުމުގެ ޝައުގުވެރިކަން އިތުރުވެގެންދާނެ އެވެ.

މިފްކޯގެ ފްލީޓާއި އެންމެ ފަހުން ގުޅުނު ޖަޒީރާ-106 އާއި ޖަޒީރާ-105 ވެސް މަސްގަތުމުގައި ހަރަކާތްތެރިވާކަމަށާއި، ދާދި އަވަހަށް ޖަޒީރާ-104 ވެސް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ. އެގޮތުން ޖަޒީރާ-104 އޮތީ މިހާރު މާލޭގެ ބަނދަރުގައި ކަމަށާއި، އެބޯޓަށް މަސްގަތުމުގެ އެންމެ ފަހުގެ ތައްޔާރީތަށް ވަމުން އަންނަކަމަށް މިފްކޯއިން ބުނެ އެވެ. މިފްކޯއިން ދެކޭގޮތުގައި އެކުންފުނިން މަސްގަންނަ ފްލީޓަށް ކުރިއަށް އޮތް މަސްވެރިކަމުގެ މޫސުން ފެށޭއިރު، 150 ޓަން އިތުރަށް ފްރީޒް ކުރެވޭނެ އެވެ.

މިފްކޯގެ ފްލީޓުގައި 1ކެރިއަރ ވެސަލް އެބައޮތެވެ. އަދި މަސްކިރުމުގެ އޮޕަރޭޝަންގައި މިވަގުތު 13 ބޯޓު ހަރަކާތްތެރިވާއިރު، އެ ބޯޓުފަހަރުތަކަށް ކިރާ މަސް ސައިޓަށް ގެންދިޔުމުގައި މަދާ ވެސެލްގެ ގޮތުގައި 5 ބޯޓު އަންނަނީ ހަރަކާތްތެރިވަމުން ކަމަށް މިފްކޯއިން ބުންޏެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ