ނިމިދިޔަ ސަރުކާރުން އާމްދަނީ އިތުރުކުރުމަށް އިންވެސްޓްކޮށްފައި ނުވޭ: ފަޒުލް

Advertisement

Advertisement

އެންމެ ފަސް

Advertisement

ނިމިދިޔަ ސަރުކާރުން އާމްދަނީ އިތުރުކުރުމަށް އެއްވެސް އިންވެސްޓްމެންޓެއް ކޮށްފައިނުވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.

ފަޒުލް މިގޮތަށް ވިދާޅުވީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި ފަޒުލް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްވީ ނިމިިދިޔަ އެމްޑީޕީ ސަރުކާރުން މާ ބޮޑަށް ދަރަނި ނަގާ، ފައިސާ ޗާޕްކޮށް އާމްދަނީ އިތުރުކުރުމަށް އިންވެސްޓް ނުކޮށް ހަރަދު ކުރުމުން ކަމަށެވެ. އެއާއި ހިލާފަށް ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ފައިސާ ޗާޕްކުރުން ހުއްޓާލުމަށް ރައީސް މުއިއްޒު އެޅުއްވި ނެންގެވި ފިޔަަވަޅަކީ ދަތި ނަމަވެސް މުހިންމު ބޭނުންތެރި ފިޔަވަޅެއް ކަމަށް ފަޒުލް ވިދާޅުވި އެވެ.

ފަޒުލް މިހެން ވިދާޅުވެފައިވާއިރު ރޭ ރައީސް ވަނީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް އިސް ބޭފުޅުންގެ މުސާރަ ކުޑަކުރުމަށް ނިންމަވާފަ އެވެ.

ރައީސް މިފަދައިން ނިންމެވީ ފާއިތުވީ 10 އަހަރުގައި ރާއްޖޭގެ ދަރަނި ފުނިޖެހުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ކުރިމަގަށް ނުރައްކާވާ ކަމަަށް ވޯލްޑް ބޭންކުން އިންޒާރު ދީފައި ވަނިކޮށެވެ. ވޯލްޑް ބޭންކުން ވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ރާއްޖެއަށް ވީއެންމެ އަވަހަށް ފިސްކަލް ރިޕޯމްތައް ބޭނުންވާކަމަށް ވޯލްޑް ބޭންކުން ބުނެފައި ވެއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ރާއްޖޭގެ އިގްތިސާދީ ހާލަތު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ