އދ.ގެ ޓޫރިޒަމް ކޮމިޝަންގެ ބައްދަލުވުމުގެ ކޯ-ޗެއާއެއްގެ ގޮތުގައި ރާއްޖެއިން ބައިވެރިވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

އދ. ގެ ޓޫރިޒަމްގެ ކޮމިޝަން ފޯ އީސްޓް އޭޝިއާ އެންޑް ޕެސިފިކް އަދި ކޮމިޝަން ފޯ ސައުތު އޭޝިއާ (ސީއޭޕީ-ސީއެސްއޭ) ގެ 36 ވަނަ ޖޮއިންޓް ކޮމިޝަން މީޓިންގެ ކޯ-ޗެއާގެ ގޮތުގައި ރާއްޖޭން ބައިވެރިވެއްޖެ އެވެ.

މި ބައްދަލުވުން ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމުގައި، ދެކުނު އޭޝިއާގެ ކޮމިޝަންގެ ޗެއާގެ ހައިސިއްޔަތުން ރާއްޖޭން ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. މިއަދުގެ ވަގުތެއްގައި މި ބައްދަލުވުން ބޭއްވީ ފިލިޕީންސްގެ ސެބޫގަ އެވެ.

މި ބައްދަލުވުމުގައި އދ. ގެ ފަތުރުވެރިކަމުގެ މެންބަރު ގައުމުތަކާއި، އެފިލިއޭޓް މެންބަރުންނާއި، ބައިނަލްއަގްވާމީ އަދި ސަރަހައްދީ ޖަމިއްޔާ ޖަމާއަތްތަކުގެ މަންދޫބުން އެއްވެ، 2024-2025 ވަނަ އަހަރުގެ އދ. ގެ ޓޫރިޒަމް ޕްރޮގްރާމް އޮފް ވޯކް އާއި އޭޝިއާ ޕެސިފިކް ގެ މެންބަރު ގައުމުތަކަށް އިސްކަންދޭ މުހިންމު މައުޟޫއުތަކާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

މީގެ އިތުރުން، މި ބައްދަލުވުމުގައި، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ސިނާއަތުގެ އެކި ކަންކަމާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ. މިގޮތުން، ފަތުރުވެރިކަމުގެ ސިނާއަތުގައި ތިމާވެށްޓާ ރައްޓެހި ސިޔާސަތުތައް ގެންގުޅުމަށާއި ގްރީން ޓްރާންސްފޯމޭޝަން ފަދަ އުކުޅުތައް މެދުވެރިކޮށް ޕްރޮޑަކްޓް ޑިވެލޮޕްމަންޓް އިތުރުކުރުން ފަދަ ކަންތައްތަކާމެދު ވަނީ މަޝްވަރާކޮށްފަ އެވެ. މި މަޝްވަރާތަކުގެ މަގްސަދަކީ 2030 ވަނަ އަހަރުގެ އެޖެންޑާއާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން ފަތުރުވެރިކަމުގެ ދާއިރާގައި އިނޮވޭޝަނާއި ރެޒިލިއަންސް ކުރިއެރުވުމެވެ.

މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތައް ތަމްރީނުކުރުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފަ އެވެ. އަދި މި ބައްދަލުވުމުގެ ބައިވެރިން ވަނީ މަސައްކަތްތެރިންގެ ހުނަރު ތަރައްގީކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ގެންގުޅޭ ސްޓްރެޓެޖީތަކާ ގުޅޭގޮތުން މަޝްވަރާކޮށް މި ސިޔާސަތުތައް ދިރާސާކޮށްފަ އެވެ.

މި ބައްދަލުވުން ކޯ-ޗެއަރ ކުރުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި, ފަތުރުވެރިކަމުގެ ވުޒާރާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމް ޑރ. އަބްދުﷲ ނިޔާޒު ވިދާޅުވީ، 36 ވަނަ ސީއޭޕީ-ސީއެސްއޭ ޖޮއިންޓް މީޓިންއަކީ ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށް ވަރަށް އަގުހުރި ޕްލެޓްފޯމެއް ލިބިގެންދިޔަ ބައްދަލުވުމެއް ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ބޭނުންވާ މިފަދަ މުހިންމު ކަންކަން ހާސިލުކުރުމަށްޓަކައި އ.ދ. ގެ ފަތުރުވެރިކަމުގެ އޮނިގަނޑުގެ ތެރޭގައި ހިމެނޭ ސަރަހައްދީ ޕާޓްނަރުންނާއި ގުޅިގެން ރާއްޖޭން ކުރަމުންދާ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން ގެންދާނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ވުޒާރާއިން މަސައްކަތްކުރަނީ މިފަދަ ބައްދަލުވުންތައް މެދުވެރިކޮށް ދެމެހެއްޓެނިވި ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގެ އެކި ގައުމުތަކާ ރާއްޖެއާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކަމަށެވެ.

 

މިނިސްޓްރީ އޮފް ޓޫރިޒަމް ފަތުރުވެރިކަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ