ޓެކްސް ބޮޮޑުކުރާނެކަން އިނގޭނީ މުރާޖާކުރުމަށްފަހު: ފިނޭންސް މިނިސްޓަރު

Advertisement

Advertisement

އެންމެ ފަސް

Advertisement

ޓެކްސް މުރާޖާ ކުރުމަކީ ޓެކްސް ބޮޑުކުރުން ނުވަތަ ކުޑަކުރުން ނޫންކަމަށާއި، އެކަން އިންގޭނީ މުރާޖާކުރުމަށްފަހުގައި ކަމަށް ފިނޭންސް މިނިސްޓަރ ޑރ. މުހައްމަދު ޝަފީޤް ވިދާޅުވެއްޖެ އެވެ.

ސަރުކާރުން އިއްޔެ ވަނީ ކުރިއަށް އޮތް ހަތަރު އަހަރު އާމްދަނީ އިތުރުކުރުމަށް ކަނޑައަޅައިފައިވާ ސްޓްރެޓެޖީ އާންމުކޮށްފަ އެވެ. އެ ސްޓްރެޓެޖީގައިވާގޮތުން އިންޑައިރެކްޓް ޓެކުހާއި ޑައިރެކްޓް ޓެކުހާއި އާމްދަނީ ލިބޭ އެހެނިހެން ފީތަކަށް ވެސް ބަދަލު ގެނައުމަށް ވަނީ ހިމަނާފަ އެވެ.

އެ ރިޕޯޓްގައިވާގޮތުން ހުރިހާ ޓެކުހެއްވެސް ސަރުކާރުން ނިންމާފައިވަނީ ރިވިއުކުރުމަށެވެ. ޓެކްސް ބޮޑުކުރާނެކަމެއް ރިޕޯޓްގައި ބުނެފައިނުވާއިރު، އަންނަ އަހަރުން ފެށިގެން ސަރުކާރުން ޓެކްސް ބޮޑުކުރަން ނިންމާފައިވާކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

އެ ފާޑުކިޔުންތަކަށް ރައްދުދެއްވައި މިނިސްޓާ ޑރ. ޝަފީޤް ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ވިދާޅުވީ ޓެކްސް މުރާޖަޢާ ކުރުމަކީ ޤަވާއިދުން ކޮންމެހެން ކުރަން ޖެހޭކަމެއް ކަމަށެވެ. އަދި ޓެކްސް މުރާޖާ ކުރުމަކީ ޓެކްސް ބޮޑުކުރުން ނުވަތަ ކުޑަކުރުން ނޫންކަމަށްވެސް މިނިސްޓާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަން އިނގޭނީ ޓެކްސްތައް ރިވިއުކުރުމަށްފަހުގަ އެވެ.

”ރިވިއު ކުރުމަކީ ބޮޑު ކުރުމެއްވެސް ނޫން އަދި ކުޑަކުރުމެއްވެސް ނޫން. ރިވިއު ކުރީމަ އެނގޭނީ މިހާރު ނަގަނީ އެންމެ ރަނގަޅު ޢަދަދުތޯ. މިހާރު ޓެކްސް އިންޓްރޮޑިއުސްކޮށްފައި ހުރީމަ އިޤްތިޞާދަށް ކުރާ އަސަރު ބަލަން ޖެހޭ.“

މިނިސްޓާ ވިދާޅުވި ގޮތުގައި ޓެކްސްތައް ރިވިއުކުރުމަށް ނިންމީ ވޯލްޑް ބޭންކާއި، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ލަފާގެމަތިން ކަމަށެވެ.

ސަރުކާރުން އެކުލަވާލާ، ކެބިނެޓުން ފާސްކޮށް، އާންމުކުރި ސްޓްރެޓެޖީގައި އަންނަ އަހަރު ކުރަން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ޖީއެސްޓީ ނެގުން ފުޅާކޮށް ރޭޓަށް ބަދަލު ގެނައުމާއި އިމްޕޯޓް ޑިއުޓީ ރޭޓާއި ޓެލެކޮމް އޮޕަރޭޓަރުން ދައްކަން ޖެހޭ ކޯޕަރޭޓް އިންކަމް ޓެކުހާއި ޓުއަރިޒަމަށް ދޫކުރާ ބިމަށް ނަގާ ކުއްޔަށް ބަދަލު ގެނައުން ހިމެނެއެވެ. ހަމައެއާއެކު ގްރީން ޓެކްސް ވެސް ރިވިއުކޮށް، ބަނގުރާ ފަދަ ތަކެތިން ނަގާ ޓެކުހުށް ބަދަލު ގެނައުން އެ ސްޓްރެޓެޖީގައިވެއެވެ.

މިނިސްޓްރީ އޮފް ފިނޭންސް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ