ޑޮލަރު ބޭނުންކުރުން ހުއްޓާލުމަށް ރާއްޖެއާ ޗައިނާއިން މަޝްވަރާކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއާ ޗައިނާއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގައި ޑޮލަރު ބޭނުންކުރުން ހުއްޓާލާ، އަމިއްލަ ފައިސާ ބޭނުންކުރުމަށް ދެ ޤައުމުން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާ ކުރިއަށްގެންގޮސްފައިވަނީ މިހާރު ޗައިނާއަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ އިޤްތިސާދީ ވަޒީރު މުހައްމަދު ސައީދު އެވެ. އެގޮތުން ވޯލްޑް އިކޮނޮމިކް ފޯރަމްގެ ހަވާސާގައި މިނިސްޓަރު ސައީދު ވަނީ ޗައިނާގެ މިނިސްޓަރ ވޮންގް ވެންޓައޮއާ ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މި އަހަރުގެ ޖެނުއަރީ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގް އާއެކު ކުރެވުނު މަޝްވަރާތަކާ ގުޅޭގޮތުންނެވެ.

މި ބައްދަލުވުމުގައި ޗައިނާ އާއި ރާއްޖެއާއި ދެމެދު ސޮއިކުރެވިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒު ކުރަން ފެށުމަށްޓަކައި ކުރަންޖެހޭ ކަންކަން ވީ އެންމެ އަވަހަކަށް ފުރިހަމަ ކުރުމަށް މަޝްވަރާކުރެވިފައިވެ އެވެ. އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒުކުރުމުން އަންނާނެ ބަދަލުތަކާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

އޭގެއިތުރުން ރާއްޖެއާއި ޗައިނާއާ ދެމެދު ވިޔަފާރީގެ މުއާމަލާތް ފަސޭހައިން ކުރެވޭނެ ގޮތަށް ކަރަންސީ ސްޓްލްމަންޓް ނިޒާމެއް ގާއިމްކުރުމަށްވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

މި ކަރަންސީ ސްޓްލްމަންޓް ނިޒާމް ޤާއިމްވުމުން ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި މުއާމަލާތްތަކުގައި ޑޮލަރު ބޭނުންކުރުމުގެ ބަދަލުގައި، ދެ ޤައުމުގެ އަމިއްލަ ފައިސާ ބޭނުންކުރާނެ ނިޒާމެއް ޤާއިމްވެގެންދާނެ އެވެ.

ރާއްޖެ - ޗައިނާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ